ކުޑަހުވަދޫގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

23 Jan 2020 | 20:00

ދ.ކުޑަހުވަދޫގެ ފަޅުތެރެއިން އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި ހައެއްޖަހާާ އެހާކަށްހާއިރު، އެރަށު ހުޅަނގު ފަރާތު ފަޅުތެރޭގައި 55އަހަރުގެ ދިވެހި ފިރިހެނަކު ގެނބިފައި އޮއްވާ ފެނުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ އެތަނުން ނަގައިގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނުކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާާގައި އެމީހާ މިރޭ 18:45ހާއިރު ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement