25 Jan 2020 | 10:54
ޖާބިރު ދިރިއުޅުއްވަމުން ގެންދަވާ އަތަމާ ޕްލާޒާއާއި ގުޅޭ ކޯޓު މައްސަލައެއް ހޫނުވެއްޖެ

ސާބިތު ދަރަންޏެއްގެ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދިރިއުޅުއްވާ މ.އަތަމާާ ޕްލާޒާ ހުސްކުރައްވަން ދެކޮޅު ހައްދަވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި މައްސަލައަކީ މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ކުރީގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފް، މީހަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާއާއި ގުޅުންހުރި މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތުގައި އިސްމާއިލް އަބްދުއްލަތީފް ވަނީ އޭނާގެ އަމިއްލަ ގެ ކަމުގައިވާ އަތަމާ ޕްލާޒާ ވިއްކާލައިގެން، އެ ފައިސާތައް އަދާކުރަން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. ނަަމަވެސް އިސްމާއިލް އަބްދުއްލަތީފާއި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރާއި މެދު ހެދިފައިވާ ވިޔަފާރީގެ މުއާމަލާތެއްގެ ދަށުން ކުލި ނުދައްކާ އުސޫލެއްގެ ދަށުން ޖާބިރު އެގޭގައި އުޅުއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

ސިވިލް ކޯޓުގައި ކުރިއަށްދާ މި ސާބިތު ދަރަނީގެ މައްސަލައާއި އަދި މިފަދަ އެހެން މައްސަލައަކާއި ގުޅިގެން އެގެ ވިއްކާލުމަށް އިސްމާއިލް އެއްބަސްވުމުން އެގެ އަގުކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 19ވަނަ ދުވަހު ވަނީ ޑީޖޭއޭއިން ކަނޑައެޅި އަގު ކޮމެޓީއަކާއި، ދަރަނީގެ ފައިސާ ލިބެންވީ ފަރާތްތައް އެގެއަށް ގޮސްފައެވެ. ނަމަވެސް އެ ފަރާތްތަކަށް އެގެއަށް ވަނުމުގެ ފުރުސަތު ޖާބިރު ދީފައނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވޮއިސްއަށް މައުލޫމާތުދެމުން މި މައްސަލައިގައި ހިމެނޭ ފަރާތުން ބުނީ މިކަމާއި ގުޅިގެން އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހަށް ޖާބިރު ހާޒިރުކުރުމަށް ހަމަޖައްސައި، އެކަމަށް ޗިޓް ފޮނުވުނުކަމަށެވެ. ނަމަވެސް އެ ޗިޓަށް ހާޒިރުވުމުގެ ބަދަލުގައި ޖާބިރު ވަނީ ދަރަނީގެ ފައިސާ ލިބެންވީ ފަރާތަށް ފޯނުން ގުޅައި، ހަޑިހުތުރުބަހުން މުއާމަލާތުކޮށް އިންޒާރުދީފައެވެ. މި މައްސަލަ ފުލުހުންނަށް މިހާރު ހުށައަޅާފައިވާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އެބޭފުޅާ އިތުރަށް މައުލޫމާތު ދެއްވިގޮތުގައި މި މައްސަލަ ބައްލަވާ ގާޟީ ވަނީ އެ މައްސަލައިގައި އަގު ކޮމެޓީއަށާއި ދަަރަނީގެ ފައިސާ ލިބެންވާ ފަރާތްތަކަށް ކޯޓުއަމުރެއްގެ ދަށުން އެގެއަަށް ވަދެވޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އޮންލައިން މީޑިޔާއަކަށް ދާދިފަހުން އަބްދުﷲ ޖާބިރު ދެއްވި އިންޓަރވިއުއެއްގައި ވަނީ އަތަމާ ޕްލާޒާ ގަނެ، އެތަނަށް ޖާބިރު ޓަވަރުގެ ނަން ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި ހަލާލު ނައިޓްކްލަބެއް ހުޅުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ