24 Jan 2020 | 19:57
ރިޒްނާ ޒަރީރުގެ ކެމްޕެއިން ޓީމުން ބޭއްވި 'ހުކުރު ސުފުރާ'އަށް ބޮޑު ތަރުހީބެއް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާގެ އެމްޑީޕީ ޕްރައިމެރީއަށް ވާދަކުރި ހަމައެކަނި އަންހެން ކެންޑިޑޭަޓު ރިޒްނާ ޒަރީރުގެ ކެމްޕެއިން ޓީމުން ބޭއްވި ހުކުރު ސުފުރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ހުޅުމާލެ އިން ފަސް ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، ކެމްޕެއިން ހަރަކާތްތަތައް އެންމެ ބާރަށް ފޯރިއާއި އެކު ގެންދަނީވެސް ރިޒްނާ ޒަރީރުގެ ޓީމުންނެވެ.

އެގޮތުން ހުޅުމާލެ އެކި ހިސާބުތަކުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމާއި، އަދި ދޮރުން ދޮރަށް ހިންގާ ރައްޔިތުންނާއި ބައްދަލުކުުރުގެ އިތުރުންވެސް ގިނަ ހަރަކާތްތައް ހިންގަމުންދާ ކެމްޕެއިން ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ހަބަރު ކިޔުމުގައި ހުރި ހުނަރުވެރިކަމާއި އެކު އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ރިޒްނާ "ވޮއިސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ހުުޅުމާލޭގައި ދިރިއުޅެމުންދާތާ ރައްޔިތެއްގެ ހައިސިއްޔަތުން މިވަގުތު ރައްޔިތުންނާއި ގުޅިގެން ހުޅުމާލޭގައި ރައްޔިތުންގެ ނިޒާމެއް ޤާއިމް ކުރެވިދާނެ ކަމަށް ފެންނާތީ އެދާއިރާއަށް ކުރިމަތިލާން ނިންމީ ކަމަށެވެ.

އަދި ނޫސްވެރިއެއްގެ ހައްސިއްޔަތުން މީގެ ކުރިންވެސް ރައްޔިތުންނާއި އެކު މަސައްކަތްކޮށްފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރަނީ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށްވެސް ރިޒްނާ ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ ބަސް އަޑުއަހާ އެކަން އިއްވާނެ މީހެއްގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު މަސައްކަތްކޮށްދޭނެ ކަމަށާއި، ލާމަރުކަޒީ ޤާނޫން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރައްޔިިތުންނާއި ކައިރިން ފޯރުކޮށްދެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފާއިތުވި 13 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި ބުރަ މަސައްކަތެއް ކޮށްފައިވާ ރިޒްނާއަކީ ސިޔާސީ، އިޖްތިމާއީ، އަދި ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާގެ ހަބަރުތައް ކަވަރު ކުރުމަށް އިސްދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެކޮޅަށް އެޅި ހުރިހާ ހުރަސްތަކަށް ގޮންޖަހާލާ ސާބިތުވެ ކެރިގެން ނިކުމެ ރައްޔިތުންގެ ހަބަރު ގެނެސްދިނުމުގައި ރިޒްނާ ވަނީ މަސައްކަތްކޮށްފަައެވެ.

އަދި އަލަށް ވިޔަފާރިއަށް ނިކުންނަ ފަރާތްތަކަށް އެވިޔަފާރިތައް ކުރިއެރުވުމަށް އެފަރާތްތަކުގެ ހަބަރު ގެނެސްދިނުމުގައި ހަރާކާތްތެރިވެފައިވާ ފަރާތެއްވެސްމެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.