24 Jan 2020 | 19:26
އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާާމް އިފްތިތާހުކޮށްފި

‎އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ މަގްސަދުގައި ނިއު ލެގޫންސް ސްވިިމިންގ ކްލަބާއި އެ އެސޯސިއޭޝަން ގުޅިގެެން ހިންގާ ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.

‎މިއަދު ހަވީރު މާލޭގެ ރަސްފަންނުގައި ކުރިއަށްދިޔަ ހަފްލާއެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލެވެ.

‎މި ހަފްލާގައި ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ ދިމާވެދާނެ ހިތާމަވެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ކޮންމެ ކުއްޖަކަށް ފަތަން އެނގުމަކީ މުހިންމު ކަމެއްކަމަށެވެ. އާދިލް ވަނީ އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމެއް ހިންގޭތީ އުފާކުރައްވާާ ކަމަށް ވިދާޅުވެ، ނިއު ލެގޫން ސްވިމިންގ ކްލަބާއި އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ.

‎މިއަދުގެ ހަފްލާގައި ވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޖާޒީ އާއި ކިކްބޯޑްތައް ހަވާލުކޮށްދީފައެވެ. އެގޮތުން ކުދިންގެ ޖާޒީތައް ސްޕޮންސަރކޮށްދީފައިވަނީ ދިރާގުންނެވެ. އަދި ކުދިން ބޭނުންކުރާނެ ކިކްބޯޑްތައް ބީއެމްއެލްގެ ހެޔޮއެދުންތަކާއި އެކު ފޯރުކޮށްދީފައިވަނީ ސްވިމިންގ އެސޯސިއޭޝަންގެ ފަރާތުންނެވެ.

‎މި ހަފްލާގައި ޑިސޭބިލިޓީ އެމްބެސެޑަރ އަހުމަދު ހިޝާން، ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އަދި އޯޓިޒަމް އެސޯސިއޭޝަންގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

‎ވޮއިސްއަށް މައުލޫމާތު ދެއްވަމުން ނިއު ލެގޫން ސްވިމިން ކްލަބްގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮގްރާމަކީ މީގެ ކުރިން، 2015ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މިދިޔަ އަހަރުގެ ކުރީކޮޅާއި ހަމައަށް ހިންގުނު ޕްރޮގްރާމެއް ކަމަށެވެ. ނަަމަވެސް މި ޕްރޮގްރާމް އަނެއްކާވެސް ފެށުމަށް މި ނިންމީ އަމިއްލަ ޚަރަދުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

‎"އޭރު މި ޕްރޮގްރާމް ވަކި ހިސާބަކުން ހުއްޓާލީ ފައިސާ ލިބުން ދަތިވެގެން. ‎ނަމަވެސް މިފަހަރު މި ޕްރޮގްރާމް މި ފަށަނީ ކްލަބުން އަމިއްލައަށް ފައިސާ ހޯދައިގެން ޚަަރަދުކުރާގޮތަށް. ސަބަބަކީ މި ޕްރޮގްރާމަކީ އަޅުގަނޑުމެންނަށްވެސް ވަަރަށް ޚާއްސަ ޕްރޮގްރާމަކަށް ވާތީ"، އޮފިޝަލް ވިދާޅުވިއެވެ.

‎މި ކްލާސްތައް ކުރިއަށް ގެންދާނީ އެކި ބެޗްތަކަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ބެޗެއްގައި ދިހަ ކުދިން ތިބޭއިރު، ކޮންމެ ކުއްޖަކަށް ތަމްރީން ލިބިފައިވާ ޚާއްސަ ކޯޗެއް ހުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.