އެމްޑީޕީގެ ސައިޒުގައި ފެނިގެންދަނީ ކެމްޕޭނެއް ކުރިމަތިވުމުން: މާރިޔާ

27 Jan 2020 | 07:38

އެމްޑީޕީގެ ސައިޒު ފެނިގެންދާނީ ކެމްޕޭނެއް ކުރިމަތިވުމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ''އެޖެންޑާ 19 ރަށަށް'' މާލެގައި ފެށި ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ކެމްޕޭނުގެ ފޯރިގައި ރައްޔިތުންނަށް ޓަކައި ހެޔޮހިތުން ނިކުންނަ ބައެއް ކަމަށެވެ.

އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އެ ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުން އެ ދަނީ އެމްޑީޕީގެ އޮޕޮޒިޝަންއަކީ ވެސް އެމްޑީޕީ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީ މީހުން އެމްޑީޕީ އަށް ފާޑުކިޔާނެކަމަށާއި އެމްޑީޕީ ހަމަޔަކަށް އަޅުވާނީވެސް އެމްޑީޕީ މެމްބަރުން ކަމަށެވެ. ގައުމު ހަމަމަގަށް އަޅުވަން އިތުރު ބަޔަކު ބޭނުން ނުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

''އެޖްންޑާ19'' ގެ ސިޔާސަތުތައް ކަނޑައެޅުމަށް މިއަދު ތިން ސަރަހައްދެއްގައި ވަނީ ބައްދަލުވުންތައް ފަށާފައެވެ. އެގޮތުން ރ. އަތޮޅާއި އައްޑޫ ސިޓީއާއި މާލެ ސިޓީ ހިމެނެއެވެެ.

Advertisement

ކޮމެންޓް

Advertisement