އިހަވަންދޫގެ އެމްޑީޕީގެ ކައުންސިލަރަކު ޕީީޕީއެމްއަށް ސޮއިކޮށްފި

28 Jan 2020 | 11:31

ހއ.އިހަވަންދޫ ރަށު ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރަކު އިިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ރޭ ޕީޕީއެމްއިން އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގައި އެޕާޓީއާއި ގުޅިވަޑައިގަތީ އަހްމަދު ރިޟްވާނެވެ.

ރިޟްވާންގެ ފޯމާއި ހަވާލުވެ ވަޑައިގަތީ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. މި ޖަލްސާގައި ރިޟްވާން ވަނީ އެމްޑީޕީއާއި މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެބޭފުޅާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރަށުކައުންސިލަށް ވާދަކުރާނެކަން އިޢުލާނު ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2017ވަނަ އަހަރު އިހަވަންދޫ ކައުންސިލަށް އެމްޑީޕީގެ ފަސް މެންބަރުން އިންތިޚާބުވިއިރު، އެންމެ ގިނަ އަދަދަކަށް ވޯޓު ލިބުނީ ރިޟްވާނަށެވެ. 

Advertisement

ކޮމެންޓް

Advertisement