29 Jan 2020 | 14:47
މަޚުލޫފްގެ މިރީތި ގަމީހުގެ އަގު 800 ޑޮލަރަށްވުރެ ބޮޑު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓްގައި ހިމެނޭ ޒުވާން ވަޒީރުންގެ އަދަދު އެހެން ކެބިނެޓްތަކާއި އަޅާބަލާއިރު ތަންކޮޅެއް ގިނައެވެ. އެެހެންކަމުން ނިކަން ޗާލުކޮށް ހެދުން އަަޅުއްވާ ފަރާތްތައްވެސް ތިއްބަވައެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ފަރާތަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަޚުލޫފެވެ.

މަޚުލޫފަކީ ކެބިނެޓަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އުޅުއްވިއިރުވެސް، ވަރަށް ރީތިކޮށް ހެދުން އަޅުއްވާ ބޭފުޅެކެވެ. ރަސްމީ ހެދުމުން ބޭރުގައި އަބަދުވެސް ވަރަށް ޒަމާާނީކޮށް ހެދުން އަޅުއްވައެވެ. ކެބިނެޓަށް ވަޑައިގަތުމަށްފަހު، ރަށްރަށާއި ގައުމުން ބޭރަށް ކުރެއްވި ދަތުރުތަކުންވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ.

އެގޮތުން ރޭ އުރީދޫ މޯލްޑިވްސްއިން ބޭއްވި ޚާއްސަ އިވެންޓަަކަށްވެސް މަޚުލޫފް ވަޑައިގެންނެވީ ވަރަށް ޗާލު ގަމީހެއް ތުުރުކުރައްވައިގެންނެވެ. މި ގަމީސް ރީތިކަމުގެ ވާހަކަ މުޅި ސޯޝަލް މީޑިޔާގައި އެބަދެކެވެއެވެ. ހުދު އަޅުގަނޑަށްވެސް އެ ގަމީހެއް ވަރަށް ރީއްޗެވެ. ކަމުދާ ކަހަަލަ ގޮތެއް އެބަހުއްޓެވެ.

ނަމަވެސް ކަމަކުދާކަށް ނެތެވެ. ނިކަމެތި އަޅުގަނޑަށް މިއިން ދުވަހަކު އެ ގަމީސް ލެވޭނެހެނެއް ހީނުވެއެވެ. ސައިޒުގެ ގޮތަކުންނެއް ނޫނެވެ. މަތީ އަގުގެ ސަބަބުންނެވެ. އިންޓަރނެޓްގެ ޒަރިއްޔާާއިން "ފަރފެޗް.ކޮމް" ކިޔާ ވެބްސައިޓަކުން އެ ގަމީހުގެ އަގު ބެލިއިރު، ޑޮލްޗޭ އެންޑް ގަބާނާ ބްރޭންޑްގެ އެ ގަމީހުގެ އަގު މިވަގުތު ހުރީ 892 ޑޮލަރުގައެވެ. އެއީ ގާތްގަނޑަކަށް 13,754.64 ރުފިޔާއެވެ. 

މިނިސްޓަރ މަޚުލޫފަކީ ދެ ދައުރަކު މަޖިލިސް މެންބަރުކަން ކުރައްވާ އަދި އާއިލީ ވިޔަފާރިއެއްވެސް އޮންނަ ބޭފުޅަކަށްވުމުން އެފަދަ އަގުބޮޑު ގަމީހެއް ގަތުމަކީ އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ. އާދައިގެ ރައްޔިތުމީހާވެސް ތިޔަ ގަމީސް ލުމަށް އެދެއެވެ. އެ ފަރާތްތަކަށް އެފަދަ މާލީ ތަނަވަސްކަމެއް ލިބޭނީ ކޮން އިރަކުންތޯއެވެ؟ ނުވަތަ އަނގަޔާއި އަތާއި ދިމާާނުވެ އުމުރު ހުސްވެދާންވީތޯއެވެ؟

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ