Advertisement

ގަތަރުގެ އާ ބޮޑުވަޒީރު މަގާމުގެ ހުވާކުރައްވައިފި

29 Jan 2020 | 11:17

މެދުއިރުމަތީގެ ގައުމެއްކަމުގައިވާ ގަތަރުގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާާ ޝައިޚް ޚާލިދް ބިން ޚަލީފާ ބިން އަބްދުލްއަޒީޒް އަލް ޘާނީ ކުރައްވައިފިއެވެ.

މި މަގާމުގެ ހުވާ އެބޭފުޅާ ކުރެއްވީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ޝައިޚް އަބްދުﷲ ބިން ނަސީރު ބިން ޚަލީފާ އަލް ޘާނީ މަަގާމުން އިސްތިއުފާާދެއްވުމުންނެވެ. ޝައިޚް ޚާާލިދް ބޮޑުވަޒީރުކަމުގެ މަގާާމުގެ ހުވާ ކުރެއްވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ކުރިމަތިފުުޅުގައެވެ.

މިއާއި އެކު އެގައުމުގެ ދާޚިލީ ވަޒީރަށްވެސް ޝައިޚް ޚާލިދް ބިން ޚަލީފާ ބިން އަބްދުލްއަޒީޒް އަލް ޘާނީ ވެގެންދާނެއެވެ.

އެބޭފުޅާ މިމަގާމާއި ހަވާާލުވެ ވަަޑައިގަތުމާއި ހަމައަށް ހުންނެވީ އަމީރީ ދީވާންގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ.

އެމެރިކާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗެލާސް ޑިގްރީ ފެންވަރަށް މަތީ ތައުލީމް ހާސިލްކުރައްވައިގެން ޝައިޚް ޚާލިދަކީ އަމީރުގެ އަރިހުގައި މަސައްކަތްކުރެއްވުމުގެ ކުރިން ގަތަރުގެ ގޭހުގެ ސިނާއަތުގައި މަސައްކަތް ކުރެއްވި ފަރާތެކެވެ.

Advertisement

ކޮމެންޓް