ހެޕީ މާކެޓުން މާސްކް ވިއްކަން ތައްޔާރުވަނީ، ވިއްކާނީ ލިބުނު އަގުގައި!

31 Jan 2020 | 22:43

ދިވެހިރާއްޖެއަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރާ ކުންފުންޏެއްކަމުގައިވާ ހެޕީމާރކެޓުން މާސްްކްތައް ވިއްކުމަށް ނިންމައިފިއެވެ.

އެކުންފުނީގެ ފޭސްބުކް ޕޭޖްގައި ސީއީއޯ އަލީ އިހުސާން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އެކުންފުނިން އެތެރެކޮށް ވިއްކާ ބަލްކް ހޭންޑް ސެނިޓައިޒަރ ފުޅީގެ އަގު، ވިއްކޭނެ އެންމެ ކުޑަ އަގަކަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި ސާޖިކަލް މާސްކް ޝިޕްމެންޓެއް އެތެރެކުރުމަށްފަހު އެ ލިބުނު އަގުގައި ރައްޔިތުންނަށް ވިއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މުޅި ދުނިޔެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ވިޔަފާރިތަކުން ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ އަގުބޮޑުކޮށް ވިއްކުމަކީ ވިޔަފާރި ކުންފުންޏެއް ހިންގުމުގެ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެބޭފުޅާ ވަރަށް ހިތާމަކުރައްވާކަމެއް ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ގޮވާލާކަމަށްވެސް ހެޕީމާކެޓް ކުންފުނީގެ ސީއީއޯ އިހުސާން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement