02 Feb 2020 | 17:40
ފުލެޓް ދޭން ކަނޑައެޅި 7000 މީހުންގެ ތެރެއިން 5000 މީހުންގެ ޝަރުތު ފުރިހަމައެއް ނޫން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ގައި އިމާރާތްކުރި 7000 ފުލެޓް ލިބޭނެކަން ކަށަވަރުކޮށް، ލިސްޓްގައި ހިމަނާފައިވާ މީހުންގެ ތެރެއިން 5000 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލި ކަމަށް ތުހުމަތު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ކުރީގެ ސަރުކާރުން މާލޭ ސިޓީ ކައުންސިލުގެ ބާރުތައް ކަނޑުވާލުމަށްފަހު ހުރިހާ ބާރުތަކެއް ހައުސިން މިނިސްޓްރީއާ ހަވާލުކުރި ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓަރަކަށް ހުންނެވި ބޭފުޅަކު ހިޔާ މަޝްރޫއުގެ ފުލެޓު ލިސްޓް ފައިނަލްކޮށް، 7000 މީހުންނަށް ފުލެޓް ދޫކުރަން ނިންމައި ނެރެފައިވާ ލިސްޓްގައި ތިބި 5000 މީހުންގެ ޝަރުތު ފުރިހަމަނުވާކަން ލިޔެކިޔުންތަކުން ފެންނާން އެބަަހުރި ކަމަށެވެ.

''ކައުންސިލަރުންގެ ހުރިހާ ބާރެއް މިދިނީ ހައުސިން މިނިސްޓްރީއެއް އުފައްދާފައި އެތަނަށް. ވިސްނާލައްވާ އެ ހައުސިން މިނިސްޓްރީގެ މިނިސްޓަރު ނެރުއްވި 7000 ފުލެޓުގެ ހިޔާ ފުލެޓްގެ

މާލޭ ސިޓީއަށް އެބައެނގޭ އޭގެން އެބަ ވަރަށް ސާފުކޮށް އެ ހަތްހާސް މީހުންގެ ލިސްޓުގެ ތެރެއިން ފަސް ހާހެއްހާ މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަން. މާލޭ ސިޓީ ކައުންސިލުގެ މަސްއޫލިއްޔެއް އެއީ މާލެގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން. އެބަހުރި އެކަން ކިޔުންތަކުން ފެންނާން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިސަރުކާރުން މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމަސައްކަތް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.