ހިތުގެ މައްސަލަ ހުރި އަސްރާގެ ހާާލަތު ވަރަށް ސީރިއަސް، އަވަހަށް އެހީތެެރިވަމާ!

13 Feb 2020 | 21:15

ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހަދަން ޖެހި ފުރާނައާއި ހަނގުރާމަ ކުރަމުންދާ އަސްރާގެ ހާލު ދެރަވެ އޫކޭގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

ޔޫކޭގެ ހާރފީލްޑް ހޮސްޕިޓަލުގައި އިއްޔެ ހެނދުނު އެޑްމިޓްކޮށްފައިވަނީ އަސްރާގެ ހާލު ސީރިއަސްވެ ޑރ އަށް ދައްކަން ދިއުމުންނެވެ. އަސްރާގެ ފިރިމީހާ ޔާސިރު އަޙްމަދު ޔޫކޭގައި ހުރެ ވާހަކަ ދައްކަމުންބުނީ މޫނު ދުޅަވެ، ނޭވާލާން އުންދަގޫވެ، ވަރުބަލިކަން އިހުސާސް ކުރެވި މެޔަށް ތަދެއް އަރާފައި ހުރުމުން ޑރ އަށް ދެއްކުމަށް ހޮސްޕިޓަލަށް ދިއުމުން ވަގުތުން އެމަޖެންސީގައި އެޑްމިޓްކުރަން ޑރ އެދިފައިވާކަމަށެވެ.

އަސްރާ އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ ޑިޕެންޑެންސީ އުނިޓުގައެވެ. އަސްރާއާއި އެކު މިވަގުތު ޔޫކޭގައި ހުރީ އަސްރާގެ ފިރިމިހާ އެކަންޏެވެ.

ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ ބެންގަލޫރުގައި 1 އަހަރާއި 6 މަސް ހޭދަކުރުމަށްފަހު އިންޑިޔާއިން އެކަން ކުރެވޭނެ މަގު ފަހިވެފައި ނުވުމުން އަސްރާގެ އާއިލާއިން ދުނިޔޭގެ އެހެން ގައުމަކުން އެކަން ކުރެވޭނެ މަގެއް ހޯދުމަށް އަސްރާ ޔޫކޭއަށް ގޮސްފައިވަނީ މިމަހު އެވެ.

ރޯޔަލް ބްރޮމްޕްޓޮން ހޮސްޕިޓަލް އަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ ޓްރާންސްޕްލާންޓް އެވަލުއޭޝަން ހެދުމަށްޓަކަ މިމަހު އެޑްމިޓް ވުމަށެވެ. ނަމަވެސް އެވަލުއޭޝަން އަށް 15،000 ޕޮއުންޑު ހަރަދުވާކަމަށް ޔާސިރު ބުނެފައި ވެއެވެ. އަދި ޑޮކްޓަރ ބުނެފައިވަނީ އެހޮސްޕިޓަލުން ލަފާ ކުރެވޭ ގޮތުގައި އެންމެ ގިނަ ވެގެން ވެސް 1 އަހަރު ތެރޭ ޓްރާންސްޕްލަންޓް ކުރެވޭނެ ކަމަށެވެ. އެވަލުއޭޝަންގެ އިތުރުން ކުއްލިއަކަށް އެމަޖެންސީގައި އެޑްމިޓް ކުރަން ޖެހުމުން އިތުރު ހަރަދުތަކެއް ކުރަން ޖެހިފައިވާކަމަށް ޔާސިރު ބުނެފައިވެއެވެ. މިހާރުވެސް އިތުރަށް 4000 ޕައުންޑް އަރާފައިވާކަމަށް ކަންބޮޑުވެ މާޔޫސް ވެފައި ހުރި ޔާސިރު ބުނެފައިވެއެވެ.

މިކަމުގައި އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަށް އާއިލާއިން ބޭނުންވާކަމަށް އެއާއިލާއިން ބުނެފައިވެއެވެ

އަސްރާއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދެއްވުމަށް އެ އާއިލާއިން އެދެއެވެ.

އެކަންޓުން ނަން: އައިމިނަތު އަސްރާ

އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133

އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ ވައިބަރ ވަޓްސްއެޕް ގުޅޭނެ)

Advertisement

ކޮމެންޓް