އާ ސީޕްލޭން ޓާމިނަލްގެ ބޮޑުބަޔެއް ޓީއެމްއޭއަށް ހަވާލުުކުރުމާއި މަންޓާއިން ދެކޮޅު!

13 Feb 2020 | 23:59

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ ބޮޑުބައެއް ހިންގުމާއި ޓީއެމްއޭއިން ހަވާލުވުމާއި ދެކޮޅަށް މަންޓާ އެއާއިން ތެދުވެއްޖެއެވެ.

މިގޮތަށް ޝުުއޫރު ފާޅުކޮށް މަންޓާއިން ދައުލަތުގެ ގިނަ އިދާރާތަކަކަށް ސިޓީ ފޮނުވާފައިވާކަން މުއުތަބަރު ފަރާާތަކުން ވަނީ ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

މަންޓާއިން ދެކޭގޮތުގައި ޓީއެމްއޭއަށް ދޭން ދައުލަތުން ނިންމި 5000އަކަފޫޓުގެ ބަދަލުގައި އެކުންފުނިން ގާާތްގަނޑަކަށް 19000 އަކަފޫޓަށް އެދެނީ ސީޕްލޭންގެ ދަތުރުފަތުރުގެ ދާާއިރާގައި ވާދަވެރިކަން ނައްތާލުމުގެ މަގުސަދުގައެވެ. އެގޮތުން ޓާމިނަލްގެ ބޮޑު ބަޔެއް ހިންގުން ޓީއެމްއޭއަށް ދޫކުރުމުން މުޅި ފަތުުރުވެރިކަމުގެ ސިނާއަތަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މަންޓާއިން ވަނީ ސީޕްލޭން ޓާމިނަލެއް ހިންގައިގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެކަމަށް ޓީއެމްއޭއިން ބުނުމަށްފަހު، އާ ޓާމިނަލްގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ، އެކަމާއި މެދު ސުވާާލު އުފައްދާފައެވެ.

އަދި މަންޓާ އެއާއިން ވަނީ އާ ސީޕްލޭން ޓާމިނަލާއި ގުޅޭ އެމްއާރުއޯ ފެސިލިޓީގެ ކޮންޓްރޯލް ނެގުމަށް ޓީއެމްއޭއިން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓީއެމްއޭއަށް ދޭން ދައުލަތުން ނިންމި 5000އަކަފޫޓުގެ ބަދަލުގައި އެކުންފުނިން ގާާތްގަނޑަކަށް 19000 އަކަފޫޓަށް އެދެނީ 2017ވަނަ އަހަރުގައި އެމްއޭސީއެލްއިން ފޮނުވި ސިޓީއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. 

Advertisement

ކޮމެންޓް