ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކެބްއެމްވީން ޚާއްސަ ޑިސްކައުންޓެއް!

14 Feb 2020 | 19:58

މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ބައެއް ސަރަހައްދުގައި ފުޅާ ދާާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކެބްއެމްވީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އެގޮތުން ޑިސްއެބިލިޓީ ކާޑު އޮންނަ ކޮންމެ މީހަކަށް ކެބްއެމްވީގެ ޚިދުމަތުން ޑިސްކައުންޓްދޭން ނިންމާފައެވެ. އެގޮތުން ޑިސްއެބިލިޓީ ކާޑު އޮންނަ ފަރާތްތަކަށް މާލެއާއި ހުޅުމާލެ އަދި އެއާޕޯޓަށް ކެބް އެމްވީ ޓެކްސީ ސެންޓަރުގެ ކޮންމެ ޓެކްސީ އެއްގައި ކުރާ ކޮންމެ ދަތުރަކަށް 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ފަހިކެބް ނަމަކަށް ކިޔާ މޯބައިލް އެޕްލިކޭޝަނަކުންނާއި ފޯނުގެ ޒަރިއްޔާއިން ކެބްއެމްވީގެ ޚިދުމަތަށް ދުވާލަކު އެތައް ސަތޭކަ ބަޔަކު އެދޭއިރު، އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭކަމަށްވެސް އެކުންފުނިން ބުންޏެވެ. އެހެންކަމުން އެ ފަރާތްތަކަށް ޑިސްކައުންޓެއް ދޭން ނިންމީ އެ ފަރާތްތަކުގެ ދަތިތަކަށް ލުއެއް ގެނެސްދިނުމުގެ މަގްސަދުގައި ކަމަށް ވަނީ ބުނެފައެވެ.

ކެބްއެމްވީގެ ކުންފުނީގެ ޚިދުމަތަށް އެއް އަހަރު ވެގެން ގޮސްފައިވާއިރު، މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލ.އަތޮޅުގައި ކެބްއެމްވީގެ ޚިދުމަތްތައް ފޯރުކޮށްދެމުންދެެއެވެ.


Advertisement

ކޮމެންޓް

Advertisement