އެމެރިކާގެ އިންތިހާބާ ދިމާކޮށް ޓްވިޓާއިން އެކައުންޓްތަކެއް ޑިލީޓް ކޮށްލައިފި

06 Nov 2018 | 11:42

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބައި ދިމާކޮށް ދޮގު މައުލޫމާތު ފަތުރަމުންދާ އެކައުންޓްތަކެއް ޑިލީޓް ކޮށްލާފައިވާކަމަށް ޓްވިޓާއިން ހާމަކޮށްފިއެވެ.

ޓްވިޓާއިން މިކަން ހާމަކުރީ މިޑިއާތަކުން، އެތައް ބައިވަރު ޓްވިޓާ އެކައުންޓްތަކެއް ޑިއެކްޓިވޭޓް ވެފައިވާކަމަށް ރިޕޯޓް ކުރުމައި ގުޅިގެންނެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑިމޮކްރަޓުން ތަމްސީލު ކުރާކަމަށް ބުނެ ހަދާފައިވާ ޓްވިޓާ އެކައުންޓް ތަކަކުންވަނީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުނުލުމަށް ގޮވާލާފައެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކޮމިޓީއިން މިކަމައި ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކައި ގުޅިގެން ޓްވިޓާއިންވަނީ މައްސަލަތައް ބަލައި އެ އެކައުންޓްތައް ޑިލީޓްކޮށްލާފައެވެ.

މިކަން ކަށަވަރު ކޮށްދެމުން ޝޯޝަލް މީޑިއާ ކުންފުނި، ޓުވިޓާއިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ޓްވިޓާއިން އެކައުންޓް ތަކެއް ޑިލީޓް ކޮށްލެވިފައިވާ ކަމަށާއި، އެ ގޮތަށް އެ ކުންފުނިން އަމަލު ކުރަން ޖެހުނީ އެ ޓްވިޓާ އެކައުންޓްތައް މެދުވެރިކޮށް ދޮގު މައުލޫމާތައި ހަބަރު ފަތުރަމުންދާތީ ކަމަށެވެ. އަދި އެފަދަ ކަންތައް ކުރުމަކީ އެ ކުންފުނީގެ ޕޮލިސީތަކައި މުޅިން ހިލާފުކަމެއް ކަމަށްވެސް ޓްވިޓާއިން ބުނެފައިވެއެވެ.

ދޮގު ހަބަރައި މައުލޫމާތު ފަތުރާކަމުގެ ޝަކުވާ ހުށަހަޅަން އެމެރިކާގެ އިންތިހާބައި ބެހޭ އޮފިޝަލުންނާއި، ޕާޓީތަކުގެ އޮފިޝަލުންގެ އިތުރުން އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީއަށް ހާއްސަ ހޮޓްލައިނެއް މިހާރު ގާއިމް ކުރެވިފައިވާ ކަމަށްވެސް ޓްވިޓާއިން މައުލޫމާތު ދެއެވެ.

އޮޓޯމޭޓެޑް އަދި ބޯގަސް 9 މިލިއަން އެކައުންޓެއް މިހާތަނަށް ޑިލީޓްކޮށްލެވިފައިވާ ކަމަށްވެސް ޓްވިޓާއިން މައުލޫމާތު ދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އޭނާގެ ޓްވިޓާ ފޮލޮވާސްތައް ޓްވިޓާއިން ޑިލީޓް ކުރަމުންދާ ކަމުގެ ޝަކުވާ ކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement