22 Feb 2020 | 10:54
"ކައުންސިލް މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ބަރުލަމާނީ ނިޒާމަކަށް ބަދަލުވާ މަންޒަރު ފެންނާނެ"

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ، ސަރުކާރަށް ލިބިއްޖެނަމަ، ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅިގެންދާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކާމިޔާބު ލިބިއްޖެނަމަ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށެވެ. އެ މަންޒަރު ފެންނަ ކަމަށާއި އެހެންކަމުން ދައުރުގެ މެދުތެރެއިން އިންތިޚާބެއްް ބާއްވަން ޖެހިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކައިގައި ސަރުކާރު ކޯލިޝަނުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދޮޅު އަހަރުގެ ތެރޭގައި މެދުތެރެއިން އިންތިހާބެއް ބާއްވަން ނިންމި ކަމަށާއި އެހެންކަމުން ދޮޅު އަހަރުވުމުން އިންތިހާބެއް ބާއްވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެންވެ އިންތިހާބު އިދިކޮޅުން ކާމިޔާބު ކުރުމުން މިޑްޓާމް އިލެކްޝަނެއް ބާއްވައިދިނުމަށް ރައްޔިތުން އެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

''ރައްޔިތުން އަމިއްލައަށް އެބަޖެހޭ މިޑްޓާމް އިލެކްޝަނެއް ބާއްވަން. އެ އިލެކްޝަނަށް ޖާގަ ހޯދައިދޭން އެބަޖެހޭ. އެ ޖާގަ އަޅުގަނޑުމެންނަށް ހޯދައިދެވެން އޮތީ ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ޕީޕީއެމަށް ކާމިޔާބު ކޮށްދީގެން.'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރާއި ޕީޕީއެމްގެ ސަރުކާރު، އަޅައިކިޔާ އިރު ޕީޕީއެމްގެ ވެރިކަން މާ ރަނގަޅު ކަމަށް އިންތިޚާބުގައި ރައްޔިތުން ބުނެފި ނަމަ އާ ރިޔާސީ އިންތިޚާބަކަށް މަގުފަހިވެ، ވެރިކަމާ އަލުން ޕީޕީއެމުން ހަވާލުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މީގެއިތުރުން އެނާ ވިދާޅުވިގޮތުގައި، އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ދޭންވީ މެސެޖަކީ ބޭނުންވި އިގްތިސާދީ ތަރައްގީ އާއި އިޖުތިމާއީ އަދާލަތާއި އިންސާފު މި ސަރުކާރަށް ހޯދައި ނުދެވުނު ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ