24 Feb 2020 | 13:04
ޝިމާގެ މަރުގެ މައްސަލަ ކޮމިޝަނުން ބެލުމަށް ފޮނަދޫ ދާއިރާގެ މެންބަރު ގޮވާލައްވައިފި

ޑިންގީއެއް ބަންޑޫންޖަހާލި ކަމަށް ބުނާ ހާދިސާގައި ގެއްލުނު 19 އަހަރުގެ ޝިމާގެ މައްސަލަ މަރުކޮމިޝަނުން ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގޮވާލައްވައިފިއެވެ.

22 ފެބްރުއަރީ 2019 ގައި ލ. ފޮނަދޫ އިން ފުރައިގެން މާމެންދޫ އަށް ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލުމުން ޝިމާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން މިއަދާހަމަޔަށްވެސް އޭނާގެ ހަބަރެއް ނުވެއެވެ. ޑިންގީގައި އޭނާއާއެކު ދަތުރުކުރި އިބްރާހީމް ފަޒީލު ބުނާ ގޮތުން އެހާދިސާގައި އޭނާ ސަލާމަތްވީ ފަތާފައި ގޮސް ކައިރީގައި އޮތް ސިކްސް ސެންސަސް ރިސޯޓަށް އެރުމުން ނެވެ.

އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ޝިމާ ސަލާމަތް ކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ. އޭނާ ފަތާފައި ރިސޯޓާއި ދިމާއަށް ދިޔައީ ޝިމާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށްޓަކައި ހަމެއް ދީފައި ކަމަށް ތަހުގީގުގައި ފަޒީލު ބުނެފައިވެއެވެ.

އޭގެ ފަހުން ޝިމާގެ އެއްބަނޑުއެއްބަފާ 16 އަހަރުގެ އަންހެން ކޮއްކޮ ޑިންގީއަކަށް އަރުވައިގެން ދެ ފިރިހެނުންނާއެކު ފަޒީލު ސިކްސް ސެންސް ރިސޯޓު ކައިރިން ދަތުރުކުރަމުން ދަނިކޮށް، 10 މާޗް 2019 ވނަ ދުވަހުގެ ހަވީރު 4:00 ހާއިރު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝިމާ ގެއްލުނުތާ އަހަރުވެގެން ދިޔަ އިރު އެކަށީގެންވާ ގޮތަށް ތަހުގީގު ނުހިނގާކަމަށެވެ. ތަހުގީގުގެ މައުލޫމާތު އާއިލާއަށް އެކަށީގެންވާ މިންވަރަށް ދެމުން ނުދާކަމަށާއި ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ޝިމާގެ މައްސަލަ ތަހުގީގު ކުރުމަކީ މުހިންމު ކަމެއްކަމުގައި ސިރާޖު ވިދާޅުވިއެވެ.

މޫސާ ސިރާޖު މިހެން ވިދާޅުވެފައިވާއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވީ، ޝިމާ ނާފިޒުގެ މައްސަލަ އަކީ އެކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ.

އެ ކޮމިޝަނުން ތަހުގީގު ކުރަން ނިންމާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 2018 ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Jun 2026
ޕީއެންސީ ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ރައީސްކަމަށް އަހުމީޒު
އެކި ދާއިރާތުން ޕާޓީ ހިންގުމަށް މީހުން ހޮވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ހަރަކާތްތައް ހިންގާލުމުގެ އުއްމީދުގައި އެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައިގެން ހުރި އަހުމީޒު ސައީދަކީ ތަފާތު ޝަޚުސިއްޔަތެކެވެ.
19 Jun 2026
އާޝޫރާ ދުވަހުގެ ހާދިސާ
ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާ ބެހޭގޮތުން ޚުޠުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށެވެ. އަދި ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހުގެ ކުރިން ދުވަހެއް (9 ވަނަ ދުވަސް) ނުވަތަ ފަހުން ދުވަހެއް (11 ވަނަ ދުވަސް) ހިމަނައިގެން ރޯދަހިފުމަށް އިރުޝާދު ދިނެވެ.
19 Jun 2026
ވަގަށް ވޭޕް ކާޓްރިޖް އެތެރެކުރަން އުޅުނީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި
ކަސްޓަމްސްއިން މި މަހުގެ 17 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 5,600 ވޭޕް ކާޓްރިޖަކީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިން ފެނުނު ތަކެތިކަން ހާމަވެއްޖެއެވެ.
19 Jun 2026
ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް: އަބްދުއްރަޙީމް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ކުރުމުގެ މަގްސަދުގައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
19 Jun 2026
އީރާން-އެމެރިކާ ސުލްޙައިގެ އެއްބަސްވުން އާއްމުކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި އެއްބަސްވުމުގައި އެމެރިކާއާއި އީރާނުގެ ރައީސުން އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާފައިވަނީ އިއްޔެއެވެ.
19 Jun 2026
ބޮސްނިއާ ބަލިކޮށް ސްވިޒަރލޭންޑުން، ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި
މެޗްގެ ބޮޑުބައި މާބޮޑު ފޯރިއެއްނެތި ކުރިއަށްދަނިކޮށް މެޗްގެ އޮއިވަރު ބަދަލުވީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އުމުރުން 20 އަހަރުގެ ޖޯހަން މަންޒަމްބީ ކުޅެން ނިކުމެ ޖެހު ލަނޑާއެކުގައެވެ.
18 Jun 2026
ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
18 Jun 2026
އަބުރުވެރިކަމަކީ އެންމެންގެ ހައްގެއް، އެކަން ކަށަވަރުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަސްޓްލޭޑީ
އެކަމަނާ އެކަމަށް ގޮވާލެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.