އަބްދުއްރަހީމް އާއި ނަޝީދު- ފޮޓޯ/ ވޮއިސް
ހަބަރު
19 Jun 2026 | 11:14
އަބްދުއްރަޙީމް، ރައީސް ނަޝީދަށް: ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ކުރުމުގެ މަގްސަދުގައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންސީ މިހާރު އޮތީ ރޫޅުމުގެ މަގުމަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަބްދުއްރަޙީމް ވިދާޅުވީ، ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ ކަމަށެވެ. ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، އެ ޕާޓީއަކީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހި ގައުމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‏”މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް.“ އަބްދުއްރަޙީމް ވިދާޅުވިއެވެ. 

ރައީސް ނަޝީދު ސަންގު ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ޕީއެންސީ މިހާރު "ހަމަ އެއްކޮށް ރޫޅެނީ" ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން ރައްޔިތުންނަށް މާ ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާ، ރައީސް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުން މިހާރު އަޑުނާހާކަން އެމަނިކުފާނަށް އަމިއްލަފުޅަށްވެސް ގަބޫލުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުންދާއިރު، އެ ކޮންގްރެސްގައި ޕާޓީގެ ރައީސްކަމުން ޑރ. މުޢިއްޒު ދުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ލީޑަރެއްގެ މަގުބޫލުކަން ގެއްލުމުން ޕާޓީގެ ލީޑާޝިޕުން އެ ބޭފުޅަކު ދުރުކުރާ ކަމަށާއި، އެހެންނޫނީ ޕާޓީ ސަލާމަތް ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، ޕީއެންސީގެ ލީޑާޝިޕުން އަންނަނީ ނަޝީދުގެ މި ވާހަކަތައް ދޮގުކޮށް، ޕާޓީގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށް ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ