25 Feb 2020 | 16:41
ސަރުކާރުން ހުށަހަޅާ ގިނަ ބިލުތަކަކީ ވިޔަފާރިތަކަށް ހުރަސްއަޅާ ބިލުތަކެއް: ސައީދު

ސަރުކާރުން ހުށަހަޅާ ގިނަ ބިލުތަކަކީ ރެގިއުލޭޓުކޮށްގެން ރައްޔިތުންނާއި ވިޔަފާރިތަކަށް ހުރަސްއަޅާ ބިލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ ބަޖިލީހަށް ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ ސަނީފު ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލުގެ ބަހުސްގައި، ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިބިލުގެ ދަށުން 1،000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ވިޔަފާރިވެރިންނާއި އާންމުން ޖޫރިމަނާކުރެވޭ ގޮތަށް އޮތުމުން ގެއްލުން ލިބޭނީ ރައްޔިތުންނާއި ވިޔަފާރިތަކަށް ކަމަށެވެ.

އަދި އެގޮތަށް ރެޑް ޓޭޕުތައް އިތުރުކޮށް އިގުތިސޯދީ ހަރަކާތަށް ހުރަސް އެޅުމުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ހައްލެއް ލިބޭނެތޯވެސް ސައީދު ސުވާލުއުފެއްދެވިއެވެ.

ސައީދު ވިދާޅުވީ، ކޮނޯރާވައިރަސްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ހހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް 100 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއިން ގެއްލުން ވަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިވަގުތަކީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ ވަޒީފާތައް އިތުރުކުރަންވީ ވަގުތެވެ.

މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކައިގައި ސައީދު ވިދާޅުވީ، ޕެންޝަން ފަންޑުގެ ސީއީއޯއެއް ނެތް ކަމަށާއި އެމްއޭސީއެލްގެ ސީއީއޯއެއް އަދި ސީއެފްއޯއެއްވެސް ނެތް ކަމަށެވެ.

އަދި އެލައިޑުގެ ހިންގުމުގެ ނިޒާމުވެސް އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެބިލަކީ ސަރުކާރުގެ ސިޔާސަތާ ނުގުޅޭ ބިލެއްކަން ފާހަގަކުރައްވައިފައެވެ.

އެބިލަށް ބަހުސްކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ސަރުކާރުން ފޮނުވި ޔުޓިލިޓީ ބިލުގައި އޮތީ ބާރުތައް މާލެ އަށް ޖަމާކުރުމުގެ ނިޔަތް ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ.

އެ ބިލުން ކުރަން އުޅޭ ކަމަކީ ރާއްޖޭގައި ދޭ ފެނާއި ނަރުދަމާގެ ހިދުމަތް އަނެއްކާވެސް އިތުރަށް ކޮންޓްރޯލް ކުރުން ކަމަށާއި ސަރުކާރުގެ ނިޔަތް ސާފުވާން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުން ވޯޓް ދިނީ މީހަކަށް ނޫން ކަމަށާއި އެޖެންޑާ 19 ގެ ސިޔާސަތަށް ކަމަށެވެ.

ބޮންޑޭގެ އެވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ބައެއް މެންބަރުން ވަނީ ބޮންޑޭގެ އެވާހަކަތަކާއި ދެކޮޅަށްވެސް ވާހަކަދައްކަވައިފައެވެ.

އެގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ވިދާޅުވީ، ބޮންޑޭ ވާހަކަދައްކަވަނީ ބިލުގައި އޮތް ވާހަކަތަކާއި މުޅިން ހިލާފަށް ކަމަށެވެ.

ބޮންޑޭގެ ވާހަކައާއި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަމީމް (އަނދުން ހުސައިން) ނިޒާމީ ނުކުތާއެއް ނަންގަވައި ބޮންޑޭގެ ވާހަކަތައް ހުއްޓުވައި ދިނުމަށް ރިޔާސަތުގައި އެދިވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.