މަކުނުދޫއަށް ޑޮކްޓަރުން ނުފޮނުވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގަނެތުމުން: އަމީން

26 Feb 2020 | 16:19

ހދ.މަކުނުދޫއަށް ޚާއްސަ ޑޮކްޓަރުން ނުފޮނުވިގެން އުޅެނީ އެރަށުގެ ސިއްހީ މަރުކަޒުގައި ޖާގަ ނެތުމުންކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މަކުނުދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބަޖެޓް ކުރެވިފައިވާ ކަމަށާއި، މާޗްމަހުގެ ފުރަތަމަ ދުވަހު އެ އިމާރާތް ކައުންސިލާއި ހަވާލުކުރެވޭނެ ކަމަށެވެ. އަދި އެތަނުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުވިހާ އަވަހަކަށް ޑޮކްޓަރުން ފޮނުއްވާނެކަމަށް އަމީން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު ރާއީ ވިދާޅުވީ މި ސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރުވެސް، އެރަށަށް ކުޑަކުދިންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ފޮނުއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދު ފުއްދިފައި ނުވާކަމަށެވެ.

އަދި މިކަމާއި މެދު ކަންބޮޑުވާކަމަށް ރާއީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement