02 Mar 2020 | 23:41
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީސް އުވާލައިފި

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ނިންމަވައިފިއެވެ.

އެގައުމުގެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ޚާއްސަ އިއުލާނެއްގައިވާ ގޮތުގައި މިރޭ 12:00 ފެށިގެން ލަންކާގެ ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލާފައެވެ. މި މަޖިލިސް އުވާލުމަށްފަހު އާންމު އިންތިޚާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގެޒެޓްގެ އިއުލާންގައި ބުނެފައިވަނީ އެގައުމުގެ ގާާނޫނު އަސާސީގެ 70ވަނަ މާއްދާގެ ދަށުންނާއި، 33ވަނަ މާއްދާގެ ދެވަނަ ޕެެރެގްރާފްގެ ސީ އަދި ޕާލިމެންޓްރީ އިލެކްޝަންސް އެކްޓްގެ ސެކްޝަން 10ގެ ދަށުން މިހާރުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި، އާ މަޖިލީހެއް މި އަހަރުގެ މެއި މަހުގެ 14ވަނަ ދުވަހު ބައްދަލުކުރާގޮތަށް، ރައީސް ގޯޓާބަޔަ ނިންމަވާފައިވާ ކަމަށެވެ.

މި އާ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްްރީލް މަހުގެ 25ވަނަ ދުވަހުގައެވެ. 

ސްރީލަންކާާގެ މިހާރުގެ ގާނޫނު ހަދާ މަޖިލިސް އުވާލާނެކަމުގެ ވާހަކަތައް ރައީސް ގޯޯޓާބަޔަ މަގާމާއި ހަވާލުވުމާއި އެކު ވަނީ ދެކެވިފައެވެ. އަދި އެގައުމުގެ އެކިއެކި ސިޔާސީ ފަރާތްތަކުން މިހާާރުވެސް ދަނީ އާންމު އިންތިޚާބަކަށް ތައްޔާރުވަމުންނެވެ. ސަބަބަކީ އެގައުމުގެ ގާާނޫނު ހަދާ މަޖިލީހުގައި މިހާރު މެޖޯރިޓީ އޮތް ޕާޓީއަކީ ރައީސް ގޯޓާބަޔައާއި އިދިކޮޅު ޔުނައިޓެޑް ނޭޝަަަަނަލް ޕާޓީ ކަމުގައި ވާތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ
08 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު، ފޮރިން މިނިސްޓްރީން ސަބަބު ބުނެދީފި
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ހާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.