Advertisement

ކަނޑުއުޅަނދުފަހަރު ސްޓިކާ ޖެހުމާއި، ޖޫރިމަނާކުރުމަށް މެރިން ޕޮލިސް ކަނޑުމައްޗައް!

05 Mar 2020 | 00:24

މާލެ ސަރަހައްދުގެ ޤަވާއިދާ ހިލާފަށް އަޅާފައިވާ ކަނޑު އުޅަނދުފަހަރުގައި ސްޓިކާޖެހުމަށް ޕޮލިސް މެރިންއިން ނިންމައި ހާއްސަ އޮޕަރޭޝަން ޔުނިޓެއް އުފައްދައިފިއެވެ.

29 ފެބްރުއަރީގައި މެރިން ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޑެންޓް އޮފް ޕޮލިސް ޝިޔާމް ވަނީ މެރިން ޕޮލިސްގައި ހަރަކާތްތެރިވާ ފުލުހުންގެ ކުއްލި ބައްދަލުވުމެއްބާވައި މެރިން ޕޮލިސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މި މައުލޫމާތު "ވޮއިސް" އާއި ހިއްސާކުރެއްވި މެރިން ޕޮލިސް ގެ ފުލުހުންވަނީ ސުޕްރިންޑެންޓް އޮފް ޕޮލިސް ޝިޔާމް މި ބައްދަލުވުމުގައި ފާހަގަކުރެއްވި ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

"މިއީ ރައީސް ޞާލިހްގެ ސީދާ އެންގުމަށް ކުރާކަމެއްކަމަށް މި ބައްދަލުވުމުގައި ޝިޔާމް ސާރ ވިދާޅުވި. އަދި އެއްގަމުގައި ޓްރެފިކް ޕޮލިސް ކުރާ މަސައްކަތައް ތައުރީފްކޮށް ވާހަކަދެއްކުމަށް ފަހު ވަނީ ޓްރެފިކް ފުލުހުން ފަދައިން ކަނޑުމަތިންވެސް ޖޫރިމަނާގެ ގޮތުގައި ދައުލަތައް ފައިސާ ނުނެގެންވީ ކީއްވެތޯ ސުވާލުކޮށްފައި" ބަދައްދަލުވުމުގައި ބައިވެރިވި ފުލުސް އޮފިސަރު ވޮއިސް އާއި ހިއްސާކުރި އެވެ.

މި ބައްދަލުވުމުގައި 38 މެރިން ޕޮލިސް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމާއެކު މިހާރު ހަތަރު ޝިފްޓަށް މަސައްކަތް ކުރަމުން އަންނަ މެރިން ޕޮލިސްގެ ޝިޕްޓްތައް ވަނީ 3 ޝިފްޓައް ބަދަލުކުރެވި، ސްޓިކާ ޖެހުމާއި ޤަވާއިދާ ހިލާފް އުޅަނދަށް ފިޔަވަޅު އެޅުމަށް ހާއްސަ އޮޕަރޭޝަން ޔުނިޓެއް އުފައްދާފައެވެ. އަދި 24 ގަޑި އިރުގެ ޑިއުޓީގައި ފަސް ފުލުހުން ތިބޭތޮތައް ވަނީ ސިޕްޓްތައް ބަހާލާފައިއެވެ.

ކަނޑު މަތީގެ ޖޫރިމަނާތަކަކަީ އެއްގަމު އުޅަނދުފަހަރުން ކުރެވޭ ޖޫރިމަނާއަށްވުރެން ބޮޑު އަދަދުން ކުރެވޭ ޖޫރިމަނާތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މެރިން ޕޮލިސްއިން ފަށާފައިވާ މި އޮޕަރޭޝަނާ ބެހޭގޮތުން ފުލުހުންގެ ރަސްމީ ބަހަކަށް މާޗް 2 ވަނަދުވަހު އެދިފައިވާ އިރު މިހާތަނަށްވެސް ފުލުހުންގެ ރަސްމީ ބަހެއްލިބިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. 

Advertisement

ކޮމެންޓް