ނައިފަރުގައި ތިބި ކުރެއްދޫ ރިސޯޓްގެ މުވައްޒަފުންގެ ކިބައިގައި ވައިރަހުގެ އަލާމާތެއް ހުރިނަމަ ރިޕޯޓްކުރޭ: ކައުންސިލް

09 Mar 2020 | 21:23

ޅ.ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިވަގުުތު ނައިފަރުގައި ތިބި ފަރާތްތަކުގެ ކިބައިން ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެނިއްޖެނަމަ ރިޕޯޓްކުރުމަށް އެދިއްޖެއެވެ.

ނައިފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ރަށުގައި ތިއްބެވި ފަރާތްތަކާއި މިތަނުން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅުއްވައި މައުލޫމާތު ޙިއްޞާ ކޮށްދެއްވުން އެެދޭކަމަށެވެ.

އަދި މިފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން ޢާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

‎މިބައްޔަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ނައިފަރަށް ގެނެވިފައިނުވާކަމަށް އެރަށު ކައުންސިލްއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް