08 Mar 2020 | 01:35
ކާބޯތަކެތި ގުދަންކުރުން، ފަރުދީ ޒިންމާއަދާކޮށް ހުއްޓަންޖެހޭކަމެއް!

ކޮވިޑް-19 ދިވެހިރާއްޖެއިން ފެނުމާއެކު ގިނަ ބަޔަކު މިވަނީ ކާޑުގެ ބާވަތްތައް ހިމެނޭގޮތައް ކާބޯތަކެތި ގޭގައި ގުދަންކުރަންފަށާފައެވެ.

އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ މީގެ ދެދުވަސްކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވައި މިހާރުވެސް ކާޑުގެ ބާވަތްތައް ބޭނުންކުރާ ގޮތަށް އެއްވެސް ދަތިކަމެއް ނެތި ކާޑުގެ ބާވަތްތައް ބޭނުންކުރެވޭ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމަށް ހީކޮށް އާންމުން ގަނޑުކޮށް ކާޑުގެ ބާވަތްތައް ގަނެ ސްޓޮކް ކުރުމުން އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެދާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އެވާހަކަތައް އޭނާވަނީ މިރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި ދެމީހަކު ފެނުމާއެކު ކާބޯތަކެތީގެ އެކި ބާވަތްތައް ގަނޑުކޮށް ގަތުމަށް އާންމުން ކިއު ހަދާފައިވާ ފޮޓޯތައް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން މާލެ މިފްކޯގައި މަސްދަޅު ކޭސްގަތުމަށްވެސް ގިނަ ބަޔަކު އަންނަނީ ކިއު ހަދަމުންނެވެ.

މީގެ އިތުރުން ރީޓެއިލް ފިހާރަތަކުން މިހާރު ކާޑުގެ ބާވަތްތައް ވިއްކުން ވަނީ ލިމިޓް ކުރެވިފައެވެ.

ކާޑުގެ ބާވަތްތަކުގެ އިތުރުން ފެން ކޭސްތަަކަށްވެސް ވަނީ ކުއްލި ޑިމާންޑެއް އުފެދި ގިނަ ފިހާރަތަކުން މީހަކަށް ފެން ވިއްކާވަރު މަދުކުރެވިފައެވެ.

އެހެންކަމުން އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ މި ބިރުވެރިކަމަކީ ކޮރޯނާގެ ނުރައްކަލަށްވުރެ ބޮޑު ނުރައްކަލަކަށް ރާއްޖެ ހުށަހެޅިގެންދާނެކަމެކެވެ.

ސަރުކާރުން ދިވެހިން ކާޑަށް ނުޖެހޭނެކަމުގެ ރޭ ބޭއްވުނު ކޮރޯނާ ޓާސްފޯސް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. ރޯދަ މަހަށްފަހު ވެސް ބޭނުންކުރެވޭނެ ވަރުގެ ސްޓޮކެއް މިވަގުތުވެސް ރާއްޖޭގައި ހުރިކަމުގެ ޔަޤީންކަން އަލީ ވަހީދު ދެއްވިއެވެ.

މީގެ އިތުރުން ރާއްޖެ ޖިއޮގްރަޕިކަލީ އުފެދިފައިވާގޮތުން ކޮރޯނާ ފެތުރިއްޖެ ހާލަތެއްގައި ވެސް އެކަން އިތުރަށް ނުފެތުރި ކޮންޓްރޯލް ކުރެވޭނެއެވެ. އަދި މިކަން އެމަޖެންސީ ޕްލޭންގައި ވަރަށް ތަފްސީލްކޮށް ލިޔެވިފައިވެއެވެ.

އެހެންކަމުން ރަށް ކާޑަށް ޖެހި، ސަރުކާރަށް މި ދަންޑިވަޅުގައި އިތުރު ބުރައަކަށް ވުމުގެކުރިން އަޅުގަނޑުމެން ކެތްތެރިކަން އިސްކޮށް ސަރުކާރާއި، ކަމާބެހޭ ފަރާތްތަކުގެ އެންގުމާއި އެއްގޮތަށް ކަންތައްތައް ބެހެއްޓުން މުހިންމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.