އާސެނަލްގެ ކޯޗް އާޓޭޓާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
                            އާސެނަލްގެ ކޯޗް އާޓޭޓާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ބްރައިޓަން ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ.
އާސެނަލްވަނީ އެޓީމުގެ ޓްރެއިނިންގ ދަނޑު ބަންދުކޮށް ކޯޗް އާޓޭޓާއައި ކޮންޓެކްވެފައިވާ ކްލަބުގެ މުވައްޒަފުން އައިސޮލޭޓް ކޮށްފައެވެ. ކަމާގުޅޭ ގޮތުން އާޓޭޓާ ބުނީ ރަނގަޅުވިހާ އަވަހަކަށް މަސައްކަތަށް އެނބުރި ނުކުންނާނެ ކަމަށެވެ.
ލީގު މެޗުތަށް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދުގެ ވަގުތެއްގައި ކްލަބްތަކާއެކު ޕްރިމިއާ ލީގުގެ ކަމާބެހޭ ފަރާތްތަކުން އިމަޖެންސީ ބައްދަލުވުމެއް ބާއްވަންވަނީ ހަމަޖެހިފައެވެ.
ކޮރޯނާވައިރަހާ ގުޅިގެން އެމެރިކާގެ މޭޖާ ސޮކާ ލީގް، ޑަޗް ލީގް، ޕޯޗުގަލް ލީގް، އިޓާލީ ލީގް، އަދި ސްޕެއިން ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފަކަން ފާހަގަކޮށްލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists
 
           
           
           
           
           
           
           
           
           
           
           
           
           
           
           
           
          