N/A
N/A
ހަބަރު 18 Mar 2020 | 14:58

ޕާކިސްތާނުގެ އައުރަތު މާޗް: ގޮންޖެހުންތަކާއި އެކު ކުރިއަށްދާ ތަފާތު ހަރަކާތެއް!

އަންހެނުންނަށް ލިބެންވާ ހައްގުތަކުގެ ވާހަކަތަކަކީ އަދިވެސް ގިނަބަޔަކަށް "ޓެބޫ" ނުވަތަ އާންމުކޮށް ދައްކަން ހެޔޮވާ ވަރުގެ ވާާހަކައެއް ނޫނެވެ. އަންހެނުންނަށް ނުލިބެނީ ކޮން ހައްގެއްތޯ ނުވަތަ ކޮން ހަމަހަމަކަމެއްތޯ ސުވާލު އުފައްދާނެ ކިތަންމެ ބަޔަކު ދުނިޔޭގައި އުޅޭނެއެވެ. އެފަދަ ފަރާތްތައް އަވައްޓެރި ޕާކިސްތާނުގައި އުޅޭއިރުވެސް، އެގައުމުގެ އަންހެންވެރިން އެފަދަ ފަރާތްތަކަށް ރައްދުދެނީ ވަރުގަދަ އެއްވުމަކުންނެވެ. އައުރަތު މާޗް ނުވަތަ އަންހެނުންގެ މާޗުންނެވެ.

ޔޫއެންއެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕާކިސްތާނުގެ ކޮންމެ ދެ އަންހެނަކުން އެކަކަކީ އުމުރުގެ ކޮންމެވެސް އެއް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލްކޮށް، އެކަމާއި މެދު އެހީއަކަށް އެދިފައި ނުވާާ ފަރާާތެކެވެ. އަދި ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓަކުން ބުނާ ގޮތުގައި ގްރޭޑް ނުވަޔަކާާއި ހިސާބަށް ދާއިރު، ސްކޫލްގައި ތިބެނީ ސްކޫލަށްދާ އުމުރުގެ އެންމެ 13އިންސައްތަ ކުދިންނެވެ.

މިފަދައިން ކަންތައްތައް އޮތުމުން އެކި އެކި މަދަނީ ޖަމްއިއްޔާތަކުން ފާއިތުވި ތިން އަހަރުގައި ވަނީ އައުރަތު މާޗްގެ ނަމުގައި އަންހެނުންނާާއި އަންހެން ކުދިންނަށް ހަމަހަމަ ހައްގުތައް ހޯދައިދިނުމަށް އައުރަތު މާޗް ބާއްވާފައެވެ. މި އެއްވުމަށް ކޮންމެ އަހަރު އެތައް ބަޔެއްގެ ތާއިދު ލިބެއެވެ. އެ އަހަރެއްގެ ތީމާއި ގުޅޭގޮތުން އެތައްހާސް ޝުއޫރެއް ފާޅުކުރެއެވެ.

ނަމަވެސް މިކަންތައްތަަކަށް ފާޑުކިޔާ ފަރާތްތައް މަދެއްވެސް ނޫނެވެ. އެގޮތުން މި މާޗް ހުއްޓުވުމަށް ގިނަ ވަކީލުން ވަނީ ކޯޓުތަކަށް މައްސަލަވެސް ހުށައަޅާފައެވެ. އޭގެން އެއްވެސް މައްސަލައެއް ނަމަވެސް ކާމިޔާބު ނުވެއެވެ.

އެގޮތުން ލާހޫރުގެ ހައިކޯޓަށް އައުރަތު މާޗް ހުއްޓުވަން މައްސަލަ ހުށައެޅި އަޒްހާރު ސިއްދީގީ އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބުނީ އެ މާާޗްގައި ބައިވެރިވާ އަންހެނުންނަށް ވުރެ ބޮޑަށް އޭނާވެސް އަންހެނުންގެ ހައްގުގައި މަސައްކަތް ކޮށްފައިވާނެކަމަށާއި، ޕާކިސްތާާނުގައި މަދު ތަނެއްގައި ފިޔަވައި އަންހެނުންނާއި މެދު ތަފާތުކުރުން ނުވެސް އޮންނާާނެކަމަށެވެ.

ނަމަވެސް އަޒްހާރު ސިއްދީގީގެ ވާހަކަތަކަށް ވުމެންސް މާޗްގެ އޯގަނައިޒަރއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާ ގާނޫނީ ވަކީލެއްކަމުގައިވާާ ނިޣާތު ދާދު ދެކޮޅު ހަދައެވެ. އޭނާ ބުނީ ޕާކިސްތާނުގައި ކުޑަކުދިންނާއި އަންހެނުން ރޭޕްނުކުރާކަމަށް ނުވާނެކަމަށާއި، އަންހެން ކުދިން ތައުލީމްގެ ހައްގުން މަހުރޫމް ނުކުރާކަމަށްވެސް ނުވާނެކަމަށެވެ. އަދި ދެތިން ޕޯސްޓަރަކާއި މެދު މިހާ މައްސަލަ ބޮޑުކުރުމުގެ ބޭނުމެއް ނެތްކަމަށް ދާދު ބުންޏެވެ. އަދި އެފަރާތްތަކުން އަންހެނުން އަނިޔާއާއި އިގްތިސާދީ ތަފާތުކުރުމާއި ދެކޮޅަށް އަޑުއުފުލާާ އަޑު ދެކެން ބޭނުން ނުވާކަމަށްވެސް ބުންޏެވެ.

މި މާޗްގެ ކަންތައްތައް އާންމުންނާއި ހިސާބަށް ގެނެސްދިނުމަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން މަގުމަތީގައި ހަރުކޮށްފައިވާ އޭގެ ޕޯސްޓަރުތައް ހަލާކުކުރުމާއި، ޓީވީއަށް އައުރަތު މާޗްގެ ވާހަަކަތައް ދައްކަން އަރާ ފަރާތްތަކަށް ބޭއަދަބީ ބަސްތަކުން ހަމަލާދިނުން ހިމެނެއެވެ.

އަވައްޓެރި އެހެން ގައުމުތައް ފަދައިން ޕާކިސްތާނުގެ އަންހެނުންވެސް އެމީހުންގެ ހައްގު ހޯދުމަށް އެތައް މަސައްކަތް ދަނީ ކުރަމުންނެވެ. އެހެނަސް އެ މުޖުތަމައުގައި އެކަން ކާާމިޔާބުވާނީ ކިހާ މިންވަަރަކަށްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް
13 Nov 2026 ހަބަރު

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާއިން އެ ގައުމުގެ އަލްމަޓީން ރާއްޖެއަށް ކުރި ދަތުރުގެ ކޮކްޕިޓުގައި އިސްކޮށް އިނދެ ދިވެހި ޕައިލެޓަކު ބޯޓު ދުއްވައިފިއެވެ.

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި
13 Nov 2026 ހަބަރު

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި

ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނީ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު
13 Nov 2026 ހަބަރު

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
13 Nov 2026 ހަބަރު

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ

ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ
13 Nov 2026 ހަބަރު

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ

ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި
13 Nov 2026 ހަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.