18 Mar 2020 | 23:32
ސްޓެލްކޯއިން ބުނަނީ ކަރަންޓްގެ އަގު ބޮޑުނުކުރާ ކަމަށް!

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހާއި މާޗްމަހަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވާކަމަށް ރެކޯޑްކުރެވޭ މަސްތަކެވެ. މި ދުވަސްވަރުގައި ގިނަމީހުން "ހާދަ ހޫނޭދޯ" ބުނާ މިންވަރާއި އެއްވަރަށް ބުނާ އެއް ވާހަކައަކީ "ކަރަންޓް ބިލް ހާދަ ބޮޑޭ"، މިފަދައިންނެވެ. ޚާއްސަކޮށް މާލޭގެ ގޭބީސީތަކުގެ ކަރަންޓް ބިލްގެ އަގުބޮޑުވެގެންދާ ވާހަކައަކީ އަބަދުވެސް މީސް މީޑިޔާތަކުން ފެންނަ ވާހަކައެކެވެ.

މިފަދައިން ބިލް ބޮޑުވާ ކޮންމެ ފަހަރަކުވެސް އެންމެ ގިނައިން އާންމުން ބުނާ ވާހަކައަކީ ސްޓެލްކޯއިން އާންމުންގެ އަތުން ފައިސާ ހޯދަން ގިނައިން ބިލް ބޮޑުކުރަނީކަމަށެވެ. މިފަދަ ވާހަކަތަކުގެ ޖަވާބެއް ހޯދަން ސްޓެލްކޯގެ އޮފިޝަލުންނާއި ސުވާލު ކުރިމަތިކުރުވީމެވެ.

އެ ކުންފުނިން ދޭ ޔަގީންކަމަކީ އެކުންފުނިން ކަރަންޓް ބިލްގެ އަގު ބޮޑުނުކުރާކަމަށެވެ. އޭގެ ބަދަލުގައި ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވަނީ އާންމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޮފިޝަލް ވިދާޅުވި ފަދައިން ގޫގުލް ކޮށްލެއްވުމުންވެސް ހޫނުގަދަވުމުން ކަރަންޓުބިލަށް މި އަންނަ ބަދަލުގެ މައުލޫމާތު ލިބިގެންދާާނެެއެވެ.

ސްޓެލްކޯއިން ބުނީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ހޫނުގަދަވެ، ކަރަންޓު ބިލްތަކަށް ބޮޑު ބަދަލެއް އަންނާތީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަންގެނެސް ކަރަންޓުގެ ޚަރަދު ކުޑަކުރަން ކުރެއްވެން ހުރި ކަންކަން ހާމަކޮށްދީ ޚަރަދު ކުޑަކުރުމަށް ސްޓެލްކޯއިން ބާރުއަޅަމުންދާާ ކަމަށެވެ.

"މި އަހަރަށްބަލާއިރުވެސް ފެބުރުވަރީ މަހުން ފެށިގެން ވަރަށްފުޅާ ދާއިރާއެއްގައި މި މައުލޫމާތުތައް މީޑިއާގެ އެކި މަސްދަރުތައް މެދުވެރިކޮށް ރައްޔިތުންނާ މިއަންނަނީ ހިއްސާކުރަމުން"، ވޮއިސްއަށް މައުލޫމާތުދެއްވި އެކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނާގޮތުގައި ކަރަންޓު ބިލް ބޮޑުވާއިރު ކަރަންޓު އުފެއްދުމަށް ސްޓެލްކޯއިން ހިނގާ ޚަރަދުވެސް މި ދުވަސްވަރު އެތައް ގުނައެއް އިތުރުވެގެންދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޓެލްކޯގައި މިވަގުތު ހާހަކަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ. އެހެންވީއިރު، އެ މުވައްޒަފުންގެ ބިލްތަކަށްވެސް މި ބަދަލު އަންނާނެތީ، އެ މުވައްޒަފުންގެ ބިލްތައް އަމިއްލައަށް ބޮޑުކުރާނެތޯވެސް މިއީ ހަމަ ވިސްނާލަންވީ ކަމެކެވެ.

މާލެއަކީ ތޮއްޖެހި ބައިބޯވެފައިވާ ތަނަކަށްވުމުން ކިތަންމެ ކަރަންޓް ސަލާމަތްކުރަން ބޭނުންވިޔަސް، ހޫނު ދުވަސްވަރުގައި އެންމެ ގާތް މިތުރަކަށް ވެގެންދަނީ އޭސީގެ ފިނި ރޯޅިތަކެވެ. މިހާލަތުގައިވެސް ކަަރަންޓް ބިލަށް އިތުރުވާ މިންވަރު މަދުކުރަން ޚާއްސަ ކަންތައްތަކެއް ކުރެވިދާނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އެގޮތުން:

-ގަވާއިދުން އޭސީ ސޭރވިސްކޮށް، ސާފުތާހިރު ކަމާއެކު ބަލަހައްޓައި، އޭސީ ގެ ފިލްޓަރތައް ގަވާއިދުން ސާފު ކުރުން.

- އޭސީ ހަރުކުރާއިރު ސީދާ ކުޑަދޮރު ނުވަތަ ފާރނިޗަރެއްގެ މަތީގައި ހަރުނުކުރުން. މީގެ ސަބަބުން އޭސީގެ ވައި ދައުރުވުމަށް ހުރަސްއެޅި ކޮޓަރި ފިނި ކޮށްދޭން ލަސްވެގެން ދާނެެ.

•- އޭސީގެ ވައި ބޭރު ނުވާނެހެން ގޭގެ ނުވަތަ ކޮޓަރީގެ ދޮރުތަކާއި ކުޑަ ދޮރު ރަަނގަޅަށް ލައްޕާފައި ބެހެއްޓުން.

- ކޮޓަރީގެ ބޮޑު ކުޑަ މިނާއި އެކަށީގެންވާ ސައިޒެއްގެ އޭސީއެއް ހަރުކުރުން.

- އެހާ ގިނަގިނައިން އޭސީ ނިވަނިވާފައި ނުޖެއްސުން. 15 މިނިޓަށްވުރެ މަދު ވަގުތަކަށް ބޭރަށް ދާނަމަ، މި ވަގުތުކޮޅު ތެރޭގައި އޭސީ ޖައްސާފައި ބެހެއްޓުން މާ ރަނގަޅުވާނެ.

•- އޭސީ ޖައްސާގޮތަށް 16 ޑިގްރީގައި ނުބެހެއްޓުން މީގެ ބަދަލުގައި 23 ނުވަތަ 25 ޑިގްރީގައި ބެހެއްޓުމުން އޭސީގެ ކޮމްޕްރެސަރ މަސައްކަތްކުރާވަރު ދަށްވެ، ކަރަންޓުގެ ޙަރަދު ކުޑަވެގެންދާނެ.

- އޭސީ އާންމުގޮތެއްގައި 25 ޑިގްރީގައި ބެހެއްޓުން، މީގެ ސަބަބުން ހަކަތަ ބޭނުންކުރެވޭވަރު %10 މަދުވެގެންދާނެ.

- އޭސީ އާއިއެކު ސީލިންގ ފަންކާ ބޭނުންކުރުން. އޭސީ ސެޓިންގ މީގެ ސަބަބުން %4 ދަށްވެގެންދާނެ.

- އިތުބާރުހުރި އިންވޭޓަރ އޭސީ ބޭނުންކުރުން.

- އައުޓްޑޯރ ޔުނިޓް އަދި ފާރާއި ދެމެދު 4 އިންޗީގެ ދުރުމިނެއް ބެހެއްޓުން.

އަދި އައުޓްޑޯ ޔުނިޓް ހަރުކުރާއިރު ޖާގަހުރި އަދި ވައި ރަނގަޅަށް ދައުރުވާ ތަނެއްގައި ޔުނިޓް ހަރުކޮށްފައި ބެހެއްޓުންފަދަ ކަންކަމުންވެސް އޭސީ ބޭނުންކުރަމުންވެސް ކަރަންޓްގެ ޚަރަދު ކުޑަކުރެވިދާނެކަމަށް އެކުންފުނިން ބުނެއެވެ.

މާލޭގައި ގިނަ ގޭގޭގައި މިހާރުވެސް ކަރަންޓްގެ ޚަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ލެޑް ލައިޓް ބޭނުންކުރުމަކީ ގިނަބަޔަކު ކުރާ ކަމެކެވެ. ލެޑް ލައިޓް ބޭނުންކުރުމުން ކަރަންޓްގެ ޙަރަދު ކުޑަވެގެންދާނެެކަމަށް ސްޓެލްކޯއިން ބުނެއެވެ. ސަބަބަކީ ލެޑް ލައިޓް ބޭނުންކުރާއިރު އޭގެން އުފެދޭ ހޫނު އާދައިގެ ލައިޓުތަކަށް ވުރެ މަދުވުމެވެ. މީގެ ސަބަބުން ކޮޓަރި ނުވަތަ ގެ ފިނި ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުން ބޭނުންކުރެވޭ ކަރަންޓްގެ ޙަރަދު ކުޑަވާނެކަމަށްވެއެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި ހޫނު މޫސުމާއި ގުޅިގެން އެކުންފުނީން ތެޔޮ ބޭނުންކުރާ މިންވަރު ވަނީ %9-%7 އިތުރުވެފައެވެ. މިއާއި އެކު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަށްދިއުމަށް މިހާރު ސްޓެލްކޯއިންވަނީ ސްޓެލްކޯ ގްރީންލައިފް ކޭމްޕެއިންއެއް ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން ސޯލާ ޕެނަލް ސިސްޓަމް ވިއްކާ ހަރުކުރުމުގެ ޙިދުމަތް އެކުންފުނިންދެއެވެ.

ސްޓެލްކޯއިން ދޭ ޔަގީންކަމަކީ ހޫނު ދުވަސްވަރާއި ދިމާކޮށް އެކުންފުނިން ގަސްދުގައި ކަރަންޓް ބިލްގެ އަގު މަތިނުކުރާނެކަމަށެވެ. އެއީ އާންމުން ބޭނުންކުރާ މިންވަރަށް ބަރޯސާވާނެ އެއްޗެއްކަމުން އޭގެ ބާރު އޮތީ ކަސްޓަމަރުންގެ ކިބައިގައި ކަމަށެވެ. އެހެންކަމުން ކަރަންޓް އިސްރާފު ނުކުރާށެވެ. ތިބާގެ ޖީބަށް ލުއިވާނީ އޭރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jun 2026
އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނު ކުރުމަށް ފެންނަ ކަމަށް 51 މެންބަރުން ވޯޓުދީފައިވެއެވެ. ޝަކީލް މަގާމަށް އައްޔަނު ކުރުމާ ދެކޮޅަށް ވޯޓުދެއްވީ 7 މެންބަރުންނެވެ.
23 Jun 2026
‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
23 Jun 2026
މޫސުން ގޯސްވުމުގެ ސަބަބުން ފްރާންސް-އިރާޤް މެޗު މެދުކަނޑާލިއިރު
ފްރާންސާއި އިރާގު ބައްދަލުކުރި މި މެޗު ރާއްޖެ ގަޑިން ދަންވަރު 2:00 (އެމެރިކާގެ ގަޑިން 17:00)ގައި ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މެޗު ނިންމާލެވުނީ 5:47 (އެމެރިކާ ގަޑިން 20:47) ގައެވެ. ފްރާންސް 1-0 އިން ކުރީގައި އޮއްވާ ފުރަތަމަ ހާފު ނިމުނުތަނާ، ބޯކޮށް ވާރޭވެހި ގުގުރަން ފެށުމުން ރެފްރީ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު މެދުކަނޑާލާފައެވެ.
23 Jun 2026
ފާއިތުވި ތިން އަހަރު ތެރޭގައި، 70،000އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީތެރިކަން ހޯދި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ޚާއްސަކޮށްގެން 'މެންޓަލް ހެލްތު' ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާ، އެކަމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް ކަނޑއަޅާފައިވާ ކަމަށެވެ.
23 Jun 2026
ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީގައި އެއްޗެއް ގޮވައި 13 މީހުން މަރުވެއްޖެ
އާދީއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަކީ "ޓެކްނިކަލް އެކްސިޑެންޓެއް" ކަމަށް ގަތަރުގެ ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ. މި ގޮވުމުގެ ބާރުގަދަކަމުން މުޅި ސަރަހައްދުގެ އުޑުމަތި އޮރެންޖު ކުލައަށް ބަދަލުވެގެން ދިޔައިރު، މި ލޮޅުން 70 ކިލޯމީޓަރު (43 މޭލު) ދުރުގައި އޮންނަ ވެރިރަށް ދޯހާގެ މެދުތެރެއާ ހަމައަށް އިހުސާސް ކުރެވިފައިވެއެވެ. މި ހާދިސާގެ ސަބަބުން ގިނަ ބަޔަކު ވަނީ ބިރުގަނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.
23 Jun 2026
ފްރާންސް އަދި ނޯވޭ ވެސް އަނެއް ބުރަށް
ގްރޫޕް އައި އިން އެއްވަނަ ޓީމެއްގެ ގޮތުގައި ކުރިއަށްއޮތްބުރަށް ފްރާންސް ދަތުރުކުރިއިރު، ދެވަނަ ޓީމެއްގެ ގިތުގައި ދިޔައީ ނޯވޭ
23 Jun 2026
”އަމާން ދޯދި“ގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި 5" ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖެއް ވެއްޓިފައިވާ ކަމަށް ރޭގެ 23:14 އެހައިކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
23 Jun 2026
މެސީގެ ދެ ލަނޑާއެކު އާޖެންޓީނާ ނޮކްއައުޓް ބުރަށް
ޑަލަސްގައި ކުޅުނު މިމެޗް އާޖެންޓީނާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ދެމެދުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ތަރިއަކަށްވީ އާޖެންޓީނާގެ ލިއޮނެލް މެސީއެވެ.