Advertisement

ސަލަފު އެއިޑް ގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ޙަރަކާތްތެއް ހިންގަނީ!

25 Mar 2020 | 22:35

ތެލެސީމިޔާ ކުދިންނަށް ލޭ ލިބުމަށް މިދުވަސްވަރު ދަތިވެފައިވާތީއާއި ކަމާބެހޭ ފަރާތްތަކުން އެކަމަށް ގޮވާލަމުންދާނީ އެކަމަށް އިޖާބަދިނުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުގެ އިޖްތިމާޢީ ޙަރަކާތްތައް ހިންގާ 'ސަލްފު އެއިޑް' ގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ ތެލެސީމިޔާ ސެންޓަރާ ގުޅިގެން މާދަމާ އެ ސެންޓަރުގައި ލޭ ހަދިޔާ ކުރުމުގެ ޙަރަކާތްތެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.

މާދަމާ ހެނދުނު ކުރިއަށްދާ މި ޙަރަކާތަކީ މިވަގުތު ތެލެސީމިޔާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ އެކަން ޙައްލުކޮށްދިނުމަށް ޖަމްޢިއްޔަތުއްސަލަފު އެއިޑުގެ ފަރާތުން ހިންގާ ޚާއްޞަ ޙަރަކާތެކެވެ. މި ޙަރަކާތުގައި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ވޮލެންޓިޔަރުންނާއި އަދި ދިވެހިރާއްޖޭގެ ބައެއް ފުއްނާބު އުސް ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

"މިއީ މިފަދަ ވަގުތެއްގައި މުޅިމުޖްތަމަޢުވެސް ކުރަންޖެހޭ މުޙިއްމު ކަމެއް. ލޭ ހަދިޔާކުރުމަކީ އިސްލާމްދީން ތަރުހީބުދޭކަމެއް. އެހެންވީމާ މިކަމަށް އިތުރަށް އާއްމުން ހޭލުންތެރިކޮށް އަޅުގަނޑުމެންގެ އިޖްތިމާޢީ ޒިންމާ އަދާކުރަން ހިންގާ ޙަރަކާތެއްމިއީ." މި ޙަރަކާތްތުގެ ކޯޑިނޭޓަރު އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

މިޙަރަކާތް ކުރިއަންދާނީ މާދަމާ ހެނދުނު 10:30 ފެށިގެން މަޖީދީމަގުގައި ހުންނަ ތެލްސީމިޔާ ސެންޓަރުގައެވެ.

Advertisement

ކޮމެންޓް