N/A
N/A
ހަބަރު 27 Mar 2020 | 18:52

ކޮވިޑް-19 އުސްއަލި: އިޓަލީގެ ދެ ފަތުރުވެރިން ފުރިއިރުގައި އެމީހުންގެ ކިބައިގައި އަލާމާާތެއް ނެތް!

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16 އަށް އަރައިފިކަމަށް ސަރުކާާރުން ވަނީ ހާާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ ފަނަރަ ބިދޭސީންނާއި އެންމެ ދިވެއްސެއް ކަަމަށެވެ. އެ ފަނަރަ ބިދޭސީންގެ ތެރޭގައި މިއަދުގެ ވަގުތެއްގައި ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެެރިން ހިމެނެއެވެ.

މި ދެ ފަތުރުވެރިން ފުރުނު ގޮތާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް މިރޭގެ ނޫސްވެރިންގެ ބަައްދަލުވުމުގައި މަބްރޫކް ވަނީ ހިއްސާކުރައްވާފައެވެ. މިއާއި އެ ނޫސްވެރިންގެ ބައްދަލުވުމުގެ އެހެން އުސްއަލިތަކަށް ޖެހިލާާނަމެވެ.

އިޓަލީގެ ދެ ފަތުރުވެރިން ފުރިއިރު އެމީހުންގެ ކިބައިން އަލާމާތެއް ނެތް؟

މަބްރޫކް ވިދާޅުވި ގޮތުގައި މިއަދު ލިބުނު ޓެސްޓްގެ ނަތީޖާ ޕޮޒިިޓިވްވި ދެ ފަތުރުވެރިންނަކީ މީގެ ކުރިންވެސް ދެ ޕޮޒިޓިވްވި ކޭސްތަކެއްގެ ސަބަބުން މޮނީޓަރިންގެ ހާާލަަތަށް ލެވުނު އައިލެންޑް ސަފާރީގައި ތިބި ދެ މީހުންނެވެ. އެ ދެ މީހުންވެސް ތިބީ އެ ސަފާރީގައި ތިބި އެހެނިހެން ފަތުރުވެރިން ފަދައިން ސާދަ ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ހަމަކުރުމަށްޓަކައި ވިިލިނގިލިވަރުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ.

އެ ތަނުގައި ސާދަ ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އެފަރާތްތަކުން ވަނީ މިއަދުގެ ވަގުތެއްގައި އިޓަލީގެ ސަރުކާރުން އިންތިޒާމްކުރި އެއިރޯފްލޯޓްގެ ޚާއްސަ ފްލައިޓެއްގައި އިޓަލީއަށް ދިއުމަށް ފުރާފައެވެ. އް ފްލައިޓްގައި ވަނީ 300 އަށްވުރެ ގިނަ މީހުން ފުރާފައެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި މި ފަރާތްތައް ފުރުމުގެ ކުރިން، އެމީހުންނާއި އެކު ވިލިނގިލިވަރުގައި ތިބި އެންމެންގެ ސާމްޕަލްތައް ނެގުނުފަދައިން ދިރާސީ ބޭނުމަށް އެމީހުންގެ ސާމްޕަލްވެސް ނެގުނުކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އިޓަލީގެ އެ ދެ ފަތުރުވެރިންގެ ކިބައިން ބަލީގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމުގައިވިޔަސް، އެމީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އައިލެންޑް ސަފާރީގައި ތިބީ 16 ފަތުރުވެރިންނާއި 16 ކްރޫންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނެވެ.

ޔޫއޭއީގައި ކޮވިޑް-19 ޖެހުނުކަމަށް ބުނާ ދިވެހި މީހާގެ މައުލޫމާތު އަދިވެސް ނުލިބޭ!

އެކުވެރި އަރަބި އިމާރާތުގައި ކޮވިޑް-19 ދިވެއްސަކަށް ޖެހުނު ކަމަށް އެގައުމުގެ ނޫސްތަކާއި ބައެއް ރަސްމީ އިދާރާތަކުން ވަނީ ބުނެފައެވެ. ނަަަމަވެސް އެއީ ކޮން ފަރާތެއްތޯ މިރެއާއި ހަމައަށްވެސް އެގައުމުގެ ސަރުކާރުން ބުނެދީފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ދިވެހި ޚާރިޖިއްޔާއިން ހަލުވި މިނެއްގައި ކުރަމުންދާކަމަށް މަބްރޫކް މިރޭ ވަނީ ވިދާޅުވެފައެވެ.

ގިނަ އަަދަދެއްގެ ޓެސްޓް ކިޓްތަކެއް ދިވެހިރާއްޖެއަށް ލިބެނީ

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި އިތުރު ޓެސްޓް ކިޓްތަކެއް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޑަބްލިޔުއެޗްއޯއިން އިތުރު 5000 ޓެސްޓް ކިޓާއި، ޗައިނާާ ސަރުކާރުގެ ފަރާތުން 10000 ޓެސްޓް ކިޓް އަދި އަލީބާބާ ކުންފުނީގެ ފައުންޑަރ ޖެކް މާާގެ ފަރާތުންވެސް 10000 ޓެސްޓް ކިޓް ލިބިގެންދާާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން މިއަދު ސިއްހީ އެހީ ފޯރުކޮށްދިންކަމަށްވެސް މަބްރޫކް ފާާހަގަކުރެއްވިއެވެ.

އެއީ 10080 މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި އެއް ފަހަރު ބޭނުންކުރާ 10000 ރަބަރު އަންގި އާއި 500 ސްޓެތޮސްކޯޕާއި 200 ޕްރޮޓެކްޓިވް ގޮގްލްސް އަދި 500 ޕްރޮޓެކްޓިވް ހެދުމެވެ.

މިއީ 27 މާރިޗު ވީ ދުވަހުގެ ރޭގަނޑު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު
24 Oct 2026 ހަބަރު

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް
24 Oct 2026 ހަބަރު

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް

މާލީ ވުޒާރާއިން ނެރެ އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯތްގައި ވާގޮތުން ސަވަރިން ފަންޑަށް މިހިނގާ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.72 ބިލިއަން ރުފިޔާ ޖަމާކޮށްފައި އެބަހުއްޓެވެ.

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި
24 Oct 2026 ހަބަރު

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި

14 ހަފުތާ ދެމިގެންދާ މި ތަމްރީނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 288 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ. އެމީހުން ނިސްބަތްވަނީ 20 އަތޮޅުގެ 125 ރަށަކަށެވެ. ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 
23 Oct 2026 ހަބަރު

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 

މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫ ގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ، އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން
23 Oct 2026 ހަބަރު

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން

އެންމެ ބޮޑަށް ފެންބޮޑުވީ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ އެވެ.