އިނގިރޭސިވިލާތުގައި އުޅެމުންދާ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

28 Mar 2020 | 13:32

އިނގިރޭސިވިލާތުގައި އުޅެމުންދާ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއީ އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރެއްގެ އަންހެނުންނެވެ. އެ ދިވެހި ޑޮކްޓަރ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އަންހެނުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މި ބަލި ގެއަށް ގެނެވުނީ އޭނާގެ ފަރާތުންކަމަށް ބެލެވޭ ކަމަށެވެ.

ސަބަބަކީ ފާއިތުވި ދެ ހަފްތާާގައި ކޮވިޑް-19 ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި ވޭތުކޮށްފައިވުންކަމަށް އެ ޑޮކްޓަރު ބުންޏެވެ.

އެ ޑޮކްޓަރު ވަނީ އޭނާގެ ކިބައިންވެސް ބަލީގެ ބައެއް ކުދި އަލާާމާތްތައް ފެންނަމުންދާކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގޭގައި އަމިއްލައަށް އެކަހެރިވެ، ގެއިން މަސައްކަތް ކުރަމުންދާާކަމަށްވެސް ވަނީ ބުނެފައެވެ. މި ދެފަރާތުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.

އެ ފޭސްބުކް ޕޯސްޓް ނިންމާާލަމުން އެ ޑޮކްޓަރ ވަނީ ގޭގައި ހުންނަ ދުވަސްތަކުގައި ފޫހި ފިލުވުމަށް ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް