01 Apr 2020 | 19:28
އިންސާނާގެ ސައިޒަކީ ހަމަ މިއީތޯއެވެ؟

ލިޔުނީ: ޢަލީ ރަމީޒް

ދުނިޔެއަކީ އަބަދުވެސް ތަފާތު މުސީބާތްތައް އަންނަމުންދާ ތަނެކެވެ. ބިންހެލުން އައުމާއި، ފެންގަޑު ބޮޑުވުމާއި، އަލިފާން ފަރުބަދަ ގޮވުމާއި އަދިވެސް ތަފާތު އެކިއެކި ޒަލްޒަލާތައް އަބަދުވެސް އަންނަމުންދެ އެވެ. ޤައުމަކަށް އަންނަ މުސީބާތެއްގެ ވާހަކައަކީ އެހެން ޤައުމުތަކުން މާބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫނެވެ. އޭގެން ކޮންމެފަހަރަކުވެސް އެ ހާދިސާއެއްގެ ޚަބަރު ނޫސްތަކުގައި ލިޔެލީމާ އެކަން އެ ނިމުނީ އެވެ. ނަމަވެސް މިއަދު މި މަންޒަރު މުޅި ބަދަލުވެއްޖެ އެވެ. މިއަދު މުޅި ދުނިޔެ ހޭބޯނާރާ އުޅެމުންދަނީ ހަމަ އެންމެ ކަމަކަށެވެ. އެންމެންގެ ސިކުނޑީގައި އެވަނީ ހަމަ އެއް މައުޟޫއެކެވެ. އެންމެންނަށް ޖެހިފައިވާ ބަލާވެރިކަމަކީ ހަމަ އެއްކަމެކެވެ.

މިއަދު މުޅި އިންސާނިއްޔަތު ހުއްޓުމަކަށް ގެނުވާވަރުގެ ބިރުވެރިކަމެއް ފެތުރި ޢާއްމުވަމުން މިހިރަ ދަނީއެވެ. ޤައުމު ތަކުގެ އިޤްތިޞާދު ފުނޑުފުނޑުވެގެން މިހިރަދަނީއެވެ. ބޮޑެތި އެއާލައިންތައް ބަގުރޫޓުވަމުން މިހިރަދަނީއެވެ. ބޮޑެތި މަހުޖަނުން ކުޑަކަކޫ މައްޗަށް ތިރިވަމުންދަނީ އެވެ. ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭފަދަ ބޮޑު މުސީބާތެއްގައި ޖެހި މީސްތަކުން މަރުވަމުންދަނީ އެވެ. އިންސާނުންގެ ލޮލަށްވެސް ނުފެންނަ މި ކުޑަކުޑަ ވައިރަސްގެ ސަބަބުން ކުރިއަރާފައި މިވާ ދުނިޔޭގެ ބޮޑެތި ބޮޑެތި ދައުލަތްތައް އެވަނީ ހަދާނެ ގޮތް ހުސްވެފައެވެ. އިންސާނުންގެ މައްޗަށް އަނިޔާވެރިވެ ތިމާގެ ނުލަފާކަން ދައްކަމުންދިޔަ ވެރިންތައް ސައިޒުވަމުން މިހިރަދަނީއެވެ. ކޮވިޑް19 އޭ ކިޔުނު ވައިރަސްއެއްގެ ސަބަބުން މީސްތަކުން އެމީހުންގެ އަސްލަށް ރުޖޫޢަވާން މަޖުބޫރު ކުރުވައިފިއެވެ. ކޮވިޑް-19 ގެ ސަބަބުން މުޖުތަމަޢުގެ މުހިންމު ގިންތިތައް އެފަރާތްތަކުގެ ޙަޤީޤީ މަޤާމަށް އަލުން ތަރުތީބުވާން މަޖުބޫރުކުރުވައިފިއެވެ.

ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް އުފައްދަވާ، މުޅި ކާއިނާތު ހިންގަވާ މަތިވެރި ޚާލިގު އުފެއްދެވި ކުޑަކުޑަ މަޚްލޫޤެއްކަމުގައި ނޫނީ އެ ވައިރަސް ނުވެއެވެ. ޚާލިޤުވަންތަ ﷲ އީ ކާއިނަތުގައިވާ ގުރަހަތަކާއި، އަހުރުމެން އިންސާނުންނާއި، ފަނިފަކުސާތަކުގެ އިތުރުން ލޮލަށް ނުފެންނަ ޖަރާސީމުތައްވެސް ވުޖޫދު ކުރެއްވި މަތިވެރި އިލާހެވެ.

އާއެކެވެ. ކިތަންމެ ކިބުރުވެރިވެފަ، ޖައްބާރުވެފަ އުޅެމުންދިޔަކަމުގައި ވިޔަސް އިންސާނާގެ ސައިޒަކީ ހަމަ މިއީ އެވެ. އިންސާނާގެ ހުރި ނިކަމެތި ކަމާއެވެ.

ހުންރޯގާއެއް ޖެހިއްޖެނަމަ އަހަރެމެން އެކަކުވެސް ހާސްވެގެން އުޅޭތީއެއް ނުފެނެއެވެ. ޕެނެޑޯލްފަދަ އަތްމަތީބޭހެއް ބޭނުންކޮށްލުމުން ދެތިން ދުވަސްތެރޭ އެފިލާ ހިނގައިދާނެތީއެވެ. އެއަށްވުރެ ގިނަދުވަހަށް ބަލި ދެމި ހުރެއްޖެނަމަ ޞިއްޙީމާހިރެއްގެ ލަފަޔާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމުން، އެރޯގާއަށް ތިބާގެ ހަށިގަނޑުގައި ދެމި ނުހެރެވޭނެކަން ތިބާއަށް ޔަގީން ކުރެވޭތީއެވެ. ކޮރޯނާއަކީވެސް ވައިރަހެކެވެ. ނަމަވެސް އެ ވައިރަސްއަށް ދޭނެ ދިފާއީ ދަވާއެއް މިވަގުތަށް އަދި ފެންނާކަށް ނެތް. ބަލިވީކަންވެސް ނޭނގި ދުވަސްތަކެއް ހޭދަވާ ވަބާއެކެވެ. ނޭވާލާ ނިޒާމުގެ ވަޒީފާއަށް ހުރަސްއަޅާ، ތިބާ މި ދުނިޔެއާ ވަކިކޮށްލާނީ ކޮންވަގުތަކުކަން އަންދާޒާކޮށްލަންވެސް ނޭނގޭ ބިރުވެރި ވައިރަހެކެވެ.

އެއްވެސް ބައްޔެއް ރަނގަޅުވެއްޖެނަމަ އެއީ ދިރިހުރުމެއް. ނަމަވެސް ބައްޔެއްގެސަބަބުން ރަނގަޅުވުމުގެ އުއްމީދު ނެތްނަމަ ދެން ތިބާއަށް ކުރިމަތިލާން ޖެހޭނީ މަރާ އެވެ.

﴿ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ... ﴾ (آل عمران: 185). މާނައީ:- "ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ..." ބިރުގަނެ ވިސްނާ ފިކުރުކުރަންވީ މަރުވާނެތީއެއްނޫނެވެ. ގަދައަޅާ މަސައްކަތް ކުރަންވީ ތިބާއާއި މަރު ބައްދަލު ކުރާހިނދު އީމާންތެރިކަމުގެ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބާއަށް ހުރެވޭތޯއެވެ.

ޔާ ﷲ! އަޅަމެންނަށް މަރުގެ ސަކަރާތް ލުއިކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ނިމުން ރިވެތިކޮށްދެއްވާނދޭވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
23 Sep 2026
އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.
23 Sep 2026
ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް
ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.