13 Apr 2020 | 12:56
ދަނޑުވެރިކަން ކުރުމަށް ރ.އިނގުރައިދޫއިން ބިން ދޫކުރަނީ

ދަނޑުވެރިކަންކުރުމަށް ރ.އިނގުރައިދޫއިން ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުން ކުއްޔަކާއި ނުލައި 163 ބިން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. 

އިނގުރައިދޫ ކައުންސިލް އިދާރާގެ ކުރިމަތީ ބަހައްޓާފައިވާ ކޮވިޑް19 ސްކޭނިން ކައުންޓަރުން ދަނޑުބިމަށް އެދޭ ފޯމް ލިބެން ހުންނާނެއެވެ. މި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް 11:00 ން 12:00 އަށް އިނގުރައިދޫ ކައުންސިލް އިދާރާއިންނެވެ. މިގޮތުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 16 އޭޕްރީލް 2020 ގެ ކުރިން ކައުންސިލަށް ހުށައަޅަން ޖެހެއެވެ. 

ދަނޑުބިން ދޫކުރާ އުސޫލުގައިވާ ގޮތުގައި މީހުން ދިރިއުޅެމުންދާ ގެއަކަށް ދޫކުރެވޭނީ އެންމެ ބިމެކެވެ. އަދި ބިމަށް އެދެވޭނީ އެގޭގެ ވެރިފަރާތުގެ ނަމުގައި ނުވަތަ ގޭގައި ދިރިއުޅޭ ފަރާތެއްގެ ނަމުގައި ކަމަށެވެ. އަދި ބިމަށް އެދޭ ފަރާތްތަކުގެ ޢަދަދު، ދޫކުރެވެން އޮތް އަދަދަށްވުރެ އިތުރުނަމަ ބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ.

މިދަނޑުތަކުގައި ހައްދަންވާނީ ކުރު މުއްދަތުގައި ނަފާލިބޭ ގޮވާމާއި ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކާއި ފަތްޕިލާވެލީގެ ބާވަތްތައްކަމަށްވެސް ބުނެފައިވެއެވެ.

 މީގެ އިތުރުން، ބިމަށް އެދޭ ގޭބިސީގައި ދިރިއުޅޭ އެއްވެސް މީހެއްގެ ނަމުގައި ހުސް ގޯއްޗެއް އޮތްނަމަ އެގޭބިސީއަށް ދަނޑު ބިމެއް ނުލިބޭނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.