އޮންލައިންކޮށް ޒަކާތް ދެއްކޭނެ: އިސްލާމިކް މިނިސްޓަރު

19 Apr 2020 | 11:37

ކުރިއަށް އޮތް ރަމަޟާން މަހުގައި އެކައުންޓަށް ޓްރާންސްފާކޮށްގެން ޒަކާތް ދެއްކޭނެކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ޖެހިގެން އުޅޭ ބަލިމަޑުކަން ދެމިގެންގޮސްފިނަމަ އެކައުންޓަށް ޓްރާންސްފާކޮށްގެން ޒަކާތް ދެއްކޭނެކަމަށެވެ. އަދި އޭގެ އިތުރުން ދިރާގު، އުރީދޫ ނުވަތަ މިނިސްޓްރީގެ އެކައުންޓަށް ފައިސާ ފޮނުވައިގެންވެސް ޒަކާތްދެއްކޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ފަގީރުންނަށް ފިތުރު ޒަކާތް ހަވާލުކުރާނީވެސް އެފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރިގެން ދިއުމާގުޅިގެން ގިނަ ޚިދުމަތްތައް މިހާރު ދެމުންގެންދަނީ އޮންލައިންކޮށެވެ.   

Advertisement

ކޮމެންޓް

Advertisement