ސިންގަޕޫރުގެ ބިލިއަނަރު އޮންގް ދިވެހިރާއްޖެއަށް ބައެއް މުހިންމު ތަކެތި ހަދިޔާކުރައްވައިފި

22 Apr 2020 | 14:12

ދިވެހިރާއްޖޭގައި ގިނަ ރިސޯޓްތަކެއް އޮޕަރޭޓްކުރާ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)ގެ ވެރިޔާ އަދި ސިންގަޕޫރުގެ ބިލިޔަނަރު އޮންގް ބެންގް ސެންގްގެ ފަރާތުން ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ބޭނުންކުރެވިދާނެ މުހިންމު ބައެއް ތަކެތި ފޯރުކޮށްދީފިއެވެ،

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެޗްޕީއެލް ކުންފުނީގެ ފަރާތުން ދިވެހިރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. އަދި 100،000 ފޭސް މާސްކްވެސް ވަނީ އެކުންފުނީގެ ފަރާތުން ހަދިޔާކޮށްފައެވެ. މި ތަކެތި ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މިވަގުތު މިތަކެތި ހުރީ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.

މީގެ އިތުރުން ސިންގަޕޫރުގެ އެހެން ކުންފުންޏަކުން ވަނީ ދިވެހިރާއްޖެއަށް 5000 ޓެސްޓް ކިޓްވެސް ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ހުރި ޓެސްޓް ކިޓްތަކާއި ވެންޓިލޭޓަރުތަކުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement