25 Apr 2020 | 17:30
ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުން އަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެޗްއާރްސީއެމަށް ޕީޕީއެމް/ޕިއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ .

އެ ކޯލިޝަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 5 އަހަރުގެ ރިޔާސީ ދައުރެއް މިހާތަނަށް ފުރިހަމަ ކުރައްވާފައިވާ އަދި މިހާރު އިދިކޮޅުގައި ހުންނެވި ސިޔާސީ ހަމައެކަނި ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުޙައްޤުން ޖަލުގައި ބަންދު ކުރެވިފައި ހުންނަތާ 5 މަސް ދުވަހަށް ވުރެ ގިނަވެފައިވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފު ކުރެވިފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭތާވެސް ވަނީ މަސްތަކެއް ފާއިތުވެގެން ގޮސްފައިވާކަމަށެވެ. އަދި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމުގައި ވެސް ހުރަހަކަށް ވެފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފްގެ މައްސަލަ ލަސްތަކެއް ނުވެ ނިމޭނެތީ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެ ކުރީގައި ތަފާތު އެކި ބާވަތުގެ ކުށް ކުރިކަން ޝަރީޢަތަށް ސާބިތުވެ ޖަލަށް ޙުކުމް ކުރެވިފައިވާ ސިޔާސީ ބޭބޭފުޅުން ވަނީ ރަމަޟާން މަހުގެ ދުވަސްތައް އެފަރާތްތަކުގެ ޢާއިލާއާއެކު ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރީގެ ސަރުކާރުތަކުން ގެއަށް ބަދަލުކޮށްދިންކަމަށެވެ.

އަދި ހަމައެފަދައިން، ޤައުމަށް ދިމާވާ ތަފާތު ކާރިސާތަކުގައިވެސް ޖަލު ބަންދުގައި ތިބި ސިޔާސީ ލީޑަރުންނަށް މަޢާފު ދިނުން ފަދަ ލުއިތައްވެސް ވަނި ކުރީގެ ސަރުކާރުތަކުން ވަނީ ދީފައިކަން ފާހަގަކުރިއެވެ.

އެހެންނަމަވެސް، ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް19 ގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ދާއިރުވެސް، އެމަނިކުފާނު ގެއަށް ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެފައެއް ނެތްކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޮލްޑިވްސް ގެ ފަރާތުން މިމއްސަލަ ބައްލަވާ ދެއްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބައްދަލުކުރުން އަވަސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ގޮވާލާކަމަށް ވަނީ ބުނެފައެވެ.

އަދި އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ އަވަސް ކުރުމުގެ މަސައްކަތްވެސް ކޮށްދެއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.