30 Apr 2020 | 05:14
ކޮވިޑް-19 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު ނިޔާވެއްޖެއެވެ.

މިރޭ ކުއްލިގޮތަކަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުއްލޮގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަމީންވަނީ މިކަން ހާމަކުރައްވާ، ކޮވިޑް19 ގައި ނިޔާވެފައިވާ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މިރޭ ނިޔާވެފައިވަނީ ދުވަސްވީ އަންހެނެކެވެ. އެ ފަރާތަކީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އަދި މި އަންހެން މީހާ ހުރި ގެއަކީ އެޗްޕީއޭއިން މޮނިޓަރުން ހާލަތަށް ގެނެސްފައިވާ ގެއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ އެ މަރުހޫމާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ނިޔާވި ފަހުންކަމަށާއި، އެ ފަރާތް ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެފަރާތަކީ މީގެ ކުރިންވެސް އެހެނިހެން ސިއްހީ މައްސަލަތަކެއް ހުންނަ ފަރާތެކެވެ.

މި އަންހެންމީހާ ވަނީ މިރޭގެ ވަގުތެއްގައި އާ ސަހަރާގައި ވަޅުލާފައެވެ. އަންހެންމީހާ ހިނެވުމުގެ ކަންތައްތައް ކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އަންހެން ސިފައިންތަކެކެވެ.

މި މަރާއި ގުޅިގެން އެ މަރުހޫމާގެ އާއިލާގެ ފަރާތުން ވަނީ އެޗްޕީއޭއިން މިކަމުގައި އިހުމާލުވެފައިވާ ކަމަށްބުނެ މީސް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ މަރުހޫމާގެ ޓެސްޓް ހެދުން ވަރަށް ބޮޑަށް ލަސްވެފައިވާކަންވެސް ވަނީ ބުނެފައެވެ. 

މި މަރުހޫމާއަށް ވޮއިސްގެ ޓީމްގެ ފަރާތުން ތައުޒިޔާ ކިޔާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ.
17 Sep 2026
މޮރޮކޯ އާއި އިސްރާއީލުން އެމްބަސީ ފެންވަރަށް ގުޅުން މަތިކުރަން ނިންމައިފި
އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްރާއީލުން ފުރިހަމަ އެމްބަސީތައް ޤާއިމުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.
17 Sep 2026
އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
މި ނަތީޖާއަކީ އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު "މެޑްރިޑް ޑާބީ" ގެ ކުރިން އެތުލެޓިކޯއަށް ލިބުނު ބޮޑު އިތުބާރެއްކަމަށް ކޯޗް ސިމިއޯނީ ވަނީ ބުނެފައެވެ
17 Sep 2026
މާލޭގައި މާރާމާރީއެއް؛ ޒަޚަމްވި މީހަކަށް ފަރުވާދެނީ
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
17 Sep 2026
ފިހާރަތައް ހުޅުވާ ގަޑިތަކާއި ބަންދުކުރާ ގަޑިތަކުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލު
ފިހާރައެއް ހެނދުނު ހުޅުވާ ގަޑިއާއި ރޭގަނޑު ބަންދުކުރާ ގަޑި ނިންމާ ހިސާބުން އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ނިދާ ގަޑިއާއި ކެއުމުގެ ވަގުތާއި ޢާއިލީ ވަގުތުތައް ވެސް ބައްޓަންވާން ފަށައެވެ. ހެނދުނު ހެނދުނާ ފިހާރަ ހުޅުވާ ޤައުމުތަކުގައި މީހުން ކުރީބައިގައި ނިދައި ކުރީބައިގައި ހޭލާ ދިރިއުޅުމެއް އުޅެން ދަސްވެފައިވެއެވެ.
17 Sep 2026
ކެފެއިންގެ އަސަރު ތަފާތުވާ ސަބަބު ހޯދައިފި
ކެފެއިންގެ އަސަރު އެކި މީހުންނަށް ތަފާތުވަނީ ޖީންތަކާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ހަށިގަނޑުގައި އެ މާއްދާ ރޫޅާލެވޭ މިންވަރު ތަފާތުވާތީ ކަމަށް އައު ދިރާސާތަކުން ދައްކައެވެ.
17 Sep 2026
އިނގިރޭސި ލީގްކަޕުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފި
މިއީ ޖެހިޖެހިގެން ދެވަނަ އަހަރު މި މުބާރާތުގެ ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވި ފަހަރެވެ
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.