30 Apr 2020 | 15:50
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އިން ބިދޭސީންނަށް ޚާއްސަ ވައިބަރ ގުރޫޕެއް

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އިން ބިދޭސީންނަށް ޚާއްސަ ވައިބަރ ގުރޫޕެއް

ދިވެހިރާއްޖޭގައި ތިބި ބިދޭސީން ކޮވިޑް-19 އަށް ހޭލުންތެރިކުރުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ފަރާތުން 4 ބަހަކުން ތަރުޖަމާކޮށް ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމަށް ވައިބާރ ގުރޫޕެއް ހަދައިފިއެވެ.

އެ ސެންޓަރުގެ ވައިބަރ ގުރޫޕްގައި ބަންގްލަދޭޝް ރައްޔިތުން ވާހަކަ ދައްކާ ބަހުގެ އިތުރުން މަލަޔާލަމް ބަހާއި، ހިންދީ ބަހާއި ތަމަޅަ ބަހުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ފަރާތުން ހޭލުންތެރިކުރުވުމުގެ މެސެޖްތައް ފޯރުކޮށްދެމުން ގެންދެއެވެ. ޕަބްލިކް ލޯ ސެންޓަރގެ ފަރާތުން ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމުގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ދިވެހިރާއްޖޭގެ ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ފޯރުކޮށްދެމުންދާ މެސެޖްތައްވެސް ތަރުޖަމާކޮށް ބިދޭސީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެފަރާތުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް ކޮވިޑް-19 އާ ގުޅޭ އެކަށީގެންވާ މައުލޫމާތު ލިބިފައިނުވާކަމުގެ ޝަކުވާ އެޖަމިއްޔާއަށް ލިބެމުންދާކަމަށާއި، މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ކޮވިޑް-19 އިން ރައްކާތެރިވާނެ ގޮތްތައް ނޭގުމުގެ އިތުރަށް ފުރަބަންދުކޮށްފައިވާ މުއްދަތު ތެރޭގައި ކެއިންބުއިމާއި ސާފުބޯފެން ލިބުންފަދަ އަސާސީ ޙައްޤުތައް ލިބުމުން މަހުރޫމްވެފައިވާކަން ފާހަގަކުރެވޭ ކަމުގައެވެ.

ކޮވިޑް-19 އަކީ ވަކި ނަސްލަކަށް ނުވަތަ ވަކި ފަންތިއަކަށް ނުވަތަ ވަކި ހައިސިއްޔަތެއްގެ ބަޔަކަށް ޖެހޭ ބަޔެއް ނޫންކަމަށާއި މި ބަލިން އަރައިގަނެވޭނީ އެކަކު އަނެކަކަށް އެހީވެ އޯގާތެރިކަމާއެކު ހުރިހާ އެންމެންނަށް އަޅާލައިގެން ކަމުގައިވާތީ އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ އިންސާނުންނާއިމެދު އަޅާލާ އޯގާތެރިކަން ފޯރުކޮށްދީ މިބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ދިވެހި ރައްޔިތުންވެސް މަސައްކަތްކުރުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަންގްލަދޭޝް ބަހުންނާއި މަލަޔާލަމް ބަހާއި ހިންދީ ބަހާއި ތަމަޅަ ބަހުން ވާހަކަ ދައްކާ ދިވެހިރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންވެސް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ވައިބަރ ގުރޫޕަށް ގުޅިވަޑައިގަތުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން އެދެއެވެ. އަދި އެއްވެސް ފަރާތަކަށް އެފަދަ ފަރާތެއް އެނގޭނަމަ މި މައުލޫމާތު ފޯރުކޮށްދިނުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން ވަނީ އެދިފައެވެ.

https://invite.viber.com/?g2=AQBTFsqt1AKzBktsWzToCI58Tsw5XvZ5xPcdxdBzMVOGwgaWM4u36ej16lpABD9Y

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރއަކީ ޤާނޫނީ ވަކީލެއް ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތާއި ޤާނޫނީ ކަންކަމަށް ޢާންމު ހޭލުންތެރިކުރުވުމުގެ މަސައްކަތާއި ޢާންމު ރައްޔިތުންނާއި ގުޅުން ހުރި ޢާންމު މަސްލަހަތާއި ގުޅޭ ހުރި މައްސަލަތަކުގައި ވަކާލާތު ކުރުމާއި މުޖްތަމައުގެ ކުރިއެރުވުމަށްޓަކައި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން ދަނީ އަތޮޅު ތެރޭގައި ތިބި ރައްޔިތުން ޤާނޫނީ ކަންކަމަށް ހޭލުންތެރިކުރުވުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން މޮބައިލް ލީގަލް ކްލިނިކް ހިންގަމުންނެވެ. އަދި ޤާނޫނީ ވަކީލެއް ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.