01 May 2020 | 06:33
އައިމިނަތު އާދަމް ހޮސްޕިޓަލަށް ގެންދެވުނު އިރުގައިވެސް ވަނީ ނިޔާވެފައި: މަބްރޫކް

ރޭގެ ވަގުތެއްގައި ނިޔާވި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި އަންހެންމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުގައިވެސް ވަނީ ނިޔާވެފައިކަމަށް ހާމަކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނިޔާވި 83 އަހަރުގެ ދިވެހި އަންހެންމީހާ ދިރިއުޅެމުންދިޔަ ގެއަކީ މި މަހުގެ އެޕްރީލް 21ވަނަ ދުވަހު މޮނީޓަރިންގގެ ހާލަތަކަށް ގެންދެވުނު ގެއެއް ކަމަށެވެ.

ނަމަވެސް އެ ގެ އޭރު މޮނީޓަރިންގއަށް ގެންދެވުނީ އެގޭގެ އެހެން ފަންގިފިލާއެއްގައި އެމްއެޗްއޭގެ ދެ ޑްރައިވަރުން ތިބުމުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ނިޔާވި ފަރާތުގެ ސާމްޕަލް ނެގުމުގެ ރިކުއެސްޓް އެޗްޕީއޭގެ ސިސްޓަމަށް އައީ އެޕްރީލްމަހުގެ 27ވަނަ ދުވަހުގައި ކަމަށާއި، އަދި ސާމްޕަލް ނެގުނީ 28ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ އިރުއޮއްސި 6:15 ހާއިރު، އެ ފަރާތުގެ ނޭވާލުމުގައި ދަތިތަކެއް ހުރިކަން އެންގުމުން އައިޖީއެމްއެޗްގެ ކަރަންޓީން ޕާތްވޭ އެކްޓިވޭޓް ކުރެވުނު ކަމަށެވެ. އެގޮތުން އެފަރާތް ހޮސްޕިޓަލަށް ގެނައި އެންބިއުލާންސްގެ ޑްރައިވަރުންނާއި އަދި އީއާރުގައި ހަރަކާތްތެރިވި ފަރާތްތަކުންވެސް ތިބީ ރައްކާތެެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުގައިވެސް ވަނީ ނިޔާވެފައިކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެފަރާތުގެ ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ލިބުނީ ރޭ ދަންވަރު 12 ޖަހާކަށްހާއިރުކަމަށް މަބްރޫކް ވިދާޅުވިއެވެ. އެފަރާތް ވަޅުލެނީ ތަޔައްމަމް ކުރުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.