24 Sep 2020 | 02:10
ބައިސްކޯފުން މިފަހަރު ދިވެހިން ގެންގޮސްދެނީ މަލިކަށް!

އިންޑިޔާގެ ލަކުޑިދީބުގެ ރަށްތަކުގެ ތެރެއިން ހިމެނޭ މަލިކުގެ މަންޒަރުތައް ދެކިލާ ހިތްވާ ފަރާތްތަކަށް ބައިސްކޯފުގެ އެހީގައި މަލިކުގެ މަންޒަރުތަކާއި ދިރިއުޅުމުގެ ކުލަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެއްޖެއެވެ.

އެގޮތުން ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވެ، މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޝަމްޢާން ޝާކިރު އަދި ޓީވީއެމްގެ މަޝްހޫރު ޕްރޮޑިއުސަރ މުހައްމަދު ޝަނޫން އިސްކޮށް ހުންނަވާ މަލިކު ދަތުރުގެ ނަމުގައި ތައްޔާރުކުރި ޑޮކިއުމެންޓްރީ ސީރީސެއް މިހާރު ދަނީ ބައިސްކޯފުން ދުރަށް ދައްކަމުންނެވެ. 

ވޮއިސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަމްއާން ވިދާޅުވީ މަލިކަށް ގޮސް އެތަނާއި ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވެފައިވާ ކަމެކެވެ. އެއީ ‎ދިވެހިބަހުން ވާހަކަ ދައްކާ ދިވެހިރާއްޖެ ނޫން ހަމަ އެކަނި ރަށަށް ވުމާއި އެރަށާއި ގުޅޭގޮތުން މީގެކުރިން އަޑު އިވިފައިވާ ވާހަކަތަކުގެ ސަބަބުންކަމަށް ޝަމްއާން ވިދާޅުވިއެވެ.

"‏އެހާ ހިސާބުން ޓީމެއް އެކުކޮށްގެން މަލިކާއި ގުޅޭ ދިރާސާތައް ކޮށް، މީގެ ކުރިން މަލިކަށް ގޮސްފައިވާ މީހުންނާއި ބައްދަލުކޮށް މައުލޫމާތު އެއްކުރެވެނު. މިގޮތަށް ކުރެވުނު މަސައްކަތުގެ ދަށުން ދިވެހިންވެސް ދަންނަ މަލިކު މުހައްމަދުގެ އެޖެންޓްކަމުގެ ދަށުން މަލިކަށް ދިޔުމުގެ ހުރިހާ އިންތިޒާމެއް ވެސް ވަރަށް ފަސޭހައިން ހަމަޖެހިގެން ދިޔަ"، ޝަމްއާން ވިދާޅުވިއެވެ.

‎މި ދަތުރުގައި ޝަނޫނާއި ޝަމްއާންގެ އިތުރުން ބައިވެރިވީ ވީޑިޔޯ އަދި ފޮޓޯ ނެގުމަށް އިބްރާހިމް މިސްތާޙް، އަދި އަހުމަދު އިކުލީލެވެ. ޝަމްއާން ވިދާޅުވިގޮތުގައި މި‎ޓީމުގެ ހަތަރު ބައިވެރިންނަކީވެސް މިދަތުރުގެ ކުރިން އެއްކޮށް ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައި ތިބި ބައެކެވެ. އެހެންކަމުން ދަތުރުގައި އެއްކޮށް މަސައްކަތްކުރަން ވަރަށް ފަސޭހަވިކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްޢާން މަލިކުގެ ރައްޔިތުން ސިފަކުރައްވަނީ ހިތްހެޔޮ އަދި އެކުވެރި ބައެއްގެ ގޮތުގައެވެ. އެގޮތުން ކޮޗިންއިން ފުރައިގެން ބޯޓުގައި މަލިކަށް ދިޔައިރު އެއްވެސް ބީރައްޓެހިކަމެއްގެ އިހުސާސެއް ނުކުރެވޭކަމަށް ޝާމްއާން ވިދާޅުވިއެވެ.

"‎މަލިކަށް ދާން ބޯޓަށް އެރުމަށްފަހުވެސް ބީރައްޓެހިކަމެއް އިޙުސާސެއް ނުކުރެވޭ. މަލިކު މީހުން ތިބީ ރާއްޖެ ބައެއްކަން އެނގުނީމާ ވާހަކަ ދައްކާހިތުން ކެތް މަދުވެފައި. ވަރަށް އެކުވެރިވި ހިތްހެޔޮ ބައެއް އެމީހުންނަކީ. ވަރަށް އުފާވެރިކަމުގެ އިޙްސާސްތަކެއް ކުރުވީ"، ޝަމްއާން ވިދާޅުވިއެވެ.

އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި މަލިކު މީހުންނަކީ މެހެމާންދާރީގެ ގޮތުންވެސް ވަރަށް ނަމޫނާ ބައެކެވެ. އެގޮތުން އިންޓަރވިއުކުރާށާއި ވީޑިޔޯތައް ނެގުމަށް ދިޔަ ގެތަކުގެ އިތުރުން، މަގުމަތިން ދާއިރުވެސް ދިވެހި ބައެއްކަން އެނގުމުން ގެއަށް ގެނެސް ސައިދީ، ވާހަކަދައްކާ ހަދާކަމަށް ޝަމްއާން ވިދާޅުވިއެވެ. އެފަރާތްތަކުން އޭރު މަލިކަށް ގޮސް ތިބި ރިސޯޓުން ހަމައެކަނި ކާންޖެހުނީ ދެއިރުގެ ކެއުމެވެ. އެހާވެސް ބޮޑަށް މަލިކު މީހުންގެ ހިތްތަކުގައި ދިވެހިންނަށް ވަނީ ޚާއްސަ ލޯތްބަކާއި ގަދަރެއް ދެވިފައެވެ.

"‎ވަރަށް އެކުވެރިބައެއް އެއީ. ދިވެހިރާއްޖޭގެ މީހުންނަކީ ބޭރުން އަންނަ މީހުންނަށް ވަރަށް އީޚްތިރާމް ކުރާ ހިތްހެޔޮ ބައެކޭ ކިޔާތާ. އަސްލު އެ ހިތްހެޔޮކަން އެ އޯގާތެރިކަން ފެނީ މަލިކުން. އެކުލުނު އަދިވެސް ހުރޭ"، ޝަމްއާން ވިދާޅުވިއެވެ.

ބައިސްކޯފް އެޕްއިން މަލިކު ދަތުރުގެ ޖުމްލަ ވިހި އެޕިސޯޑް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ ބާރަ މިނެޓެވެ. ނަމަވެސް، މިއީ މަލިކުގެ ދިރިއުޅުމާއި މަންޒަރުތައް ބަލާލަން ރަނުގެ ފުރުސަތެކެވެ. ދިވެހިންނާއި ކިތަންމެ ދުރުގައިވިޔަސް، ގާތުގައިވާ މަލިކަށް ގޭގައި ތިބެގެން ދަތުރުކޮށް މަގެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ