އެސްޓީއޯއިން ގަތް ޓެސްޓް ކިޓްތަކެއް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި

06 May 2020 | 16:33

އެސްޓީއޯއިން އިންޑިޔާއިން ގަތް ކޮވިޑް-19 އަށް ޓެސްޓްކުރާ ކިޓްތަކަކާއި ރީޖެންޓްސް އަދި ޓްރާންސްޕޯޓް މީޑިއަމްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިޔާއިން ދީފިއެވެ.

މިކަން ވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީން ކަށަވަރުކޮށްދީފައެވެ.

އެގޮތުން ދިވެހިރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންވާނެ ޓެސްޓް ކިޓްތަކާއި، ރީޖެންޓްސް އަދި ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތަށް ފަސޭހައިން ލިބޭނޭގޮތް ކަށަވަރު ކޮށްދިނުމަށް ޓަކައި، އިންޑިއާ ސަރުކާރުން ވަނީ މިދެންނެވުނު ތަކެތި އެކްސްޕޯޓް ކުރުން ބާތިލްކުރެވިފައިވާ ކުރުން ވަގުތީގޮތުން މައާފް ކޮށްދީފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެތަކެތި މިހަފްތާ ތެރޭގައި ރާއްޖެއަށް އަންނާނެއެވެ.

Advertisement

ކޮމެންޓް

Advertisement