07 May 2020 | 19:37
ބީއެމްއެލް ކާޑުން ޕެޓްރޯލް އެފްއެސްއެމްގެ ޝެޑްތަކަށް ފައިސާ ދެއްކޭގޮތް ހަދައިފި

ފިއުލް ސަލްޕައި މޯލްޑިވްސްގެ މާލޭގެ ޕެޓްރޯލް ޝެޑްތަކަށް ބީއެމްއެލް ކާޑުން ފައިސާ ދެއްކޭގޮތައް ހަމަޖައްސައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުކުރުމާއި ގުޅިގެން މާލެ އަދި ހުޅުމާލޭގައި އެފްއެސްއެމްގެ ފަރާތުން ހިންގަމުން ގެންދާ ޕެޓްރޯލް ޝެޑްތަކަށް ބީއެމްއެލް ކާޑުން ފައިސާ ދެއްކޭގޮތް އެ ކުންފުނިންވަނީ ހަދާފައެވެ.

އެފްއެސްއެމްގެ ފަރާތުން ބުނީ މިވަގުތު ހިދުމަތް ލިބެމުންދާނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ބޭންކުތަކުގެ ކާޑުން ފައިސާ ދެއްކޭގޮތް ހެދުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބޭންކުތަކާ މަޝްވަރާ ކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މާލޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާގުޅިގެން ގިނަ ފަރާތްތަކުން މިހާރު ދަނީ ފައިސާގެ ބަދަލުގައި އޮންލައިންކޮށާއި، ކެޝްކާޑުން ވިޔަފާރީގެ މުއާމަލާތްކުރަމުންނެވެ. އަދި ސިއްހީ މާހިރުން އިރުޝާދުދެއްވަނީވެސް މިފަދައިން ކަންތައްކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.