08 May 2020 | 16:13
ގެއިން ބޭރަށް ނުގޮސް ބޭނުން އެއްޗެއް ފަސޭހަ އޯޑަރުން އޯޑަރުކޮށްލާ!

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެން ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ބޭނުންވަރަށް ކާބޯތަކެތީގެ ބާވަތްތައް ގޭގެއަށް އައުން ލަސްވެގެން ދިއުމެވެ. މިކަމަށް ހައްލެއް ހޯދުމަށް ދިވެހިންތަކެއް އިސްނަގައިގެން އުފެއްދީ ފަސޭހައޯޑަރު.ކޮމް ވެބްސައިޓެވެ.

ފަސޭހަ އޯޑަރަކީ ގެއަށް ތަކެތި ގެނެސްދިނުމުގެ ހިދުމަތްދޭ ވިޔަފާރިތަކާއި ފިހާރަތައް ލިސްޓުކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް ބޭނުންވާތަކެއްޗަށް އޯޑަރު ފޮނުވުމަށް، އޯޑަރުކުރާފަރާތަށް އޯޑަރު ފޮނުވާނެ ވިޔަފާރިއެއް ޚިޔާރުކުރެވެއެވެ. އަދި އެއަށްފަހު ޚިޔާރުކުރެވުނު ވިޔަފާރިއަކަށް، ބޭނުންވާތަކެތި ލިސްޓެއްގެ ސިފައިގައި ފޮނުވާލެވެއެވެ. އޯޑަރު ލިބުމާއިއެކު އެފިހާރައަކަށް އެކަން އަންގައިދޭ މެސެޖެއް ލިބެއެވެ. އެފިހާރައަކުން އޯޑަރު ކުރިފަރާތުގެ ލިސްޓް ބަލާފައި އޭގެތެރެއިން ލިބެންހުރި އައިޓަމްތަކާއި، ލިސްޓުގައި އެދިފައިވާ ވަރަށް އެބާވަތުގެ އެއްޗެހި ލިބޭތޯ ނުވަތަނޫންތޯ ފާހަގަކޮށް އޯޑަރު ބަލައިގަނެއެވެ.

އޯޑަރު ބަލައި ގަތުމުން، ކަސްޓަމަރަށް އެކަން އެސްއެމްއެސް މެސެޖަކުން ވަގުތުން އެނގިގެންދެއެވެ. އަދި އޯޑަރުގައިވާތަކެތި ފޮނުވަން ތައްޔާރުވުމުން އޯޑަރުކުރިފަރާތަށް މެސެޖެއް ލިބެއެވެ.

މި ވެބްސައިޓަށްބޭނުންވާ މައުލޫމާތު ވިޔަފާރިތަކުން ނުވަތަ ފިހާރަތަކުން ފޮނުވުމުން، ވެބްސައިޓުގައި ވިޔަފާރި ނުވަތަ ފިހާރައިގެ ނަން ހިމެނިގެންދެއެވެ. އަދި އެއަށްފަހު ތަކެތި ގަންނަންބޭނުންވާ ފަރާތްތަކުން އެ ވިޔަފާރިތަކުން ނުވަތަ ފިހާރަތަކުން ތަކެތިހޯދުމަށް މަގުފަހިކުރެވިގެންދެއެވެ

ވިޔަފާރިތަކުން އަދި ކަސްޓަމަރުންގެ އަތުންވެސް އެއްވެސް ފީއެއް މިވެބްސައިޓަކުން ނުނަގައެވެ. މިއީ ގޭގައި ރައްކާތެރިކަމާއިއެކު ތިބެ ބޭނުންވާ ތެކެތި އޯޑަރުކޮށްގެން ހޯދުމަށް މަގުފަހިކޮށް، އެއޯޑަރުތަށް ބެލެހެއްޓުން ވިޔަފާރިވެރިންނަށް ފަސޭހަކޮށްދޭން އުއްމީދުކޮށްގެން ހަދާފައިވާ މުޅިން ހިލޭ ލިބިދެވޭ ހިދުމަތެކެވެ.

ފަސޭހަ އޯޑަރުން ވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ގުޅިގެން، ރީޓެއިލް ފިހާރަތަކާއި ވިޔަފާރިތަކުން ހޯލްސޭލްކޮށް މުދާ ވިއްކާފަރާތްތަކަށްވެސް އޯޑަރު ފޮނުވޭގޮތް ހަދާފައެވެ. މީގެ ބޭނުމަކީ އިކޮނޮމިކް މިނިސްޓްރީއަށް މިއިމެޖެންސީ ހާލަތުގައި ވިޔަފާރިތަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަށް ފޯރުކޮށްދީ، ރަށުތެރޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހޯލްސޭލަރުންގެ އަތުން ދަތިނުވެ މުދާ ލިބޭނެގޮތް ލުއިފަސޭހަކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

ފަސޭހަ އޯޑަރަކީ ފަސޭހަކަމާއި އެކު ބޭނުންވާ ތަކެތި ބޭނުންވާ ތަނަކުން ހޯދުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. ކޮވިޑް-19އިގެ މިހާރުގެ އަދަދުތަކަށް ބަލާނަމަ، ލަފާކުރެވެނީ ފުރަބަންދުގެ ހާލަތަކީ އަރައިގަތުމަށް ވަގުތު ނަގާނެ ހާލަތަށް ވާނެކަމެވެ. އަދި ފުރަބަންދުން އަރައިގަތުމުންވެސް ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ހިނގާފައިގޮސް ފިހާރަތަކުން ތަކެތި ގަތުމަށްވުރެން ފަސޭހަގޮތަކީ އޮންލައިންކޮށް އޯޑަރުކޮށްގެން ތަކެތި ހޯދުން ކަމުގައިވާނެއެވެ. މިކަމަށް ފަސޭހައޯޑަރު ޚިޔާރުކުރައްވާށެވެ.

ވެބްސައިޓްގެ ލިންކް:

https://faseyhaorder.com

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.