10 May 2020 | 13:52
ޕޮލިސް ކޮމިޝަނަރ އިސްތިޢުފާ ދީ: އިދިކޮޅު

ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބޭރުވެ، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާފައިވާތީ، އެ ޢަމަލު ކުށްވެރިކޮށް، މަޤާމުން އިސްތިޢުފާ ދިނުމަށް ޕްރޮގްރަސިވް ކޯލިޝަންއިން ގޮވާލައިފިއެވެ.

ޕްރޮގްރަސިވް ކޯލިޝަންއިން ނެރުނު ބަޔާނެއްގައި ވަނީ ބަނގުރާ ހުރި ތަނެއްގައި ދިވެހިންގެ ބަޔަކު އެތަކެތި ބޭނުންކުރަމުން ދާ މަންޒަރުތަކެއް އެކުލެވޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެފޮޓޯތަކުގައި ރާއްޖޭގައި ޤާނޫނު ނެގެހެއްޓުމުގެ އެންމެ އިސް ޒިންމާ އާއި މަސްއޫލިއްޔަތު ޙަވާލުވެފައިވާ އެއްފަރާތް ކަމުގައިވާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދު، އެތަނުގައި ހުންނަވައި އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށެވެ. އަދި މުޙައްމަދު ޙަމީދުގެ އެޢަމަލު އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެބަޔާނުގައި ވަނީ މުޙައްމަދު ޙަމީދު ކުރައްވައިގެން ހުންނެވި ފުލުހުންގެ ހުވައާއި ޚިލާފުވެ، ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑާ ޚިލާފަށް، އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި އެފަދަ ތަނެއްގައި ހުންނަވައިގެން އުފާ ފާޅުކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުންގެ އިޙްތިރާމާއި ލޯތްބާއި އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުން ކަމުގައެވެ. އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިވެ، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެއެވެ. އަދި އެކަން އެގޮތަށް ކުރައްވަން ޢުޒުރުވެރިވެވަޑައިގަންނަވާނަމަ، މަޤާމުން އިސްތިޢުފާ ދެއްވުމަށްވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުންވެސް، އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރެފައިވާ ލާދީނީ އެމްޑީއެން އާއެކުވެސް، އެންމެ ކުރީއްސުރެ މުޙައްމަދު ޙަމީދު ވަނީ ފެނިގެން ގޮސްފައިކަން އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެފަރާތަށް ފިޔަވަޅު އެޅުމުގައިވެސް ޙަމީދު ފަހަތުފަޔަށް ބުރަވެފައިވާކަން ފާހަގަކޮށް، މިފަދަ ކަންކަން އެމަނިކުފާނުގެ ފަރާތްޕުޅުން ތަކުރާރުވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުގެ ޢަމަލުތައް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބައްލަވާ ފިޔަވަޅު އެޅުއްވުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.