11 May 2020 | 01:50
އެސްޓީއޯގެ އެމްޑީ ނަންގަވަނީ މުސާރައިގެ 50 އިންސައްތަ!

ދިވެހިރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކުގެ އިސްވެރިން އިއްޔެގެ ވަގުތެއްގައި ވަނީ ދަށުގައި ތިބި މުވައްޒަފުންގެ މުސާރަ އުނިނުވާނެކަން ކަށަވަރުކުރުމަށްޓަކައި އެފަރާތްތަކުގެ މުސާރައިން ވަކިބައެއް އުނިކުރުމުގެ ޚާއްސަ ޗެލެންޖެއް ފައްޓަވާފައެވެ.

މިގޮތުން ހެޕީމާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ސީއީއޯ އަލީ އިހުސާން ވަނީ މުސާރައިގެ 43އިންސައްތަ އުނިކުރައްވާ، އެ ޗެލެންޖް ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމަށް ކުރައްވާފައެވެ. 

މި ޗެލެންޖަށް ބައެއް ފަރާތްތަކުން ދަނީ ތަރުހީބުދެމުންނެވެ. އަނެއްބައި ފަރާތްތަކުން ދަނީ މިއީ ގޮތްދެއްކުމުގެ ގޮތުން ކުރާ މާނައެއް ނެތްކަމެއްގެ ގޮތުގައިވެސް ސިފަކޮށްފައެވެ. ނަމަވެސް ވޮއިސްއަަށް އެނގިފައިވާ ގޮތުގައި މި ޗެލެންޖް ފެށުމުގެ ގިނަ ދުވަސްތަކެއް ކުރިން ފެށިގެން ސަރުކާރުގެ ކުންފުންޏެއްކަމަށްވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވަނީ އަމިއްލަފުޅަށް މުސާރައިން 50 އިންސައްތަ އެކަނި ނަންގަވަން ފަށާފައެވެ. 

މިކަން ވަނީ އެސްޓީއޯގެ އޮފިޝަލަކުވެސް ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

އޮފިޝަލް ވިދާޅުވީ މުސާރައިގެ 50 އިންސައްތަ އަމްރު ނަންގަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެއީ ކޮވިޑް-19ގެ އިގްތިސާދީ ދަތިކަމުގެ ހާލަތުގައި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ހާއްސަ ޒިޔާރަތެއް
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ
14 Jun 2026
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިން ފުލުހުންނަށް ދީފި
އެމެރިކާގެ ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކުއްތާ ގެންގުޅޭނެ ގޮތާގުޅޭ ހާއްސަ ޓްރެއިނިންގ ތަކެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
14 Jun 2026
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ
14 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސް ބޭނުމުގެ މުބާރާތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
14 Jun 2026
ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ފުރިހަމައަށް ޢަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
14 Jun 2026
ޚާމަނައީ ފަސްދާނުލުމުގެ ރަސްމިއްޔާތު ޖުލައި މަހު ބާއްވަނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.
14 Jun 2026
ބްރެޒިލްގެ ކުޅުންތެރިން 'ނާވަސްވެފައި' ތިބީމާ: ކޯޗު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލާއި މޮރޮކޯ ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވީ، ބްރެޒިލްގެ ކުޅުންތެރިން ހިތްއަވަސްވެ ބިރުގެންފައި ތިބީމަ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
14 Jun 2026
ޘާނީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޭނުންވަނީ އެންމެންގެ އެއްބާރުލުން
ޘާނީގެ އުންމީދަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބުމެވެ. ޕީއެސްއެމް އެއާ މެދުވެރިކޮށް ޘާނީއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ށ. އަތޮޅަށާއި މިލަންދޫއަށް ރީތި ނަމެއް ހޯދައިދިނުމަށް ނުކުމެ ހުރި ޘާނީއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ އޭނާގެ އެދުމެކެވެ.