N/A
N/A
ހަބަރު 11 May 2020 | 06:42

އެންމެ އަގުހެޔޮކޮށް ވެންޓިލޭޓަރު ގެންނަން ހުށައެޅިން، ހަވާލުނުކުރާ ސަބަބެއް އަދިވެސް ނާންގާ: އެސްޓީއޯ

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ތިން ކުންފުންޏެއްގެ ކިބައިން ކޯޓޭޝަން ހޯދުމަށް އެދުމުން އެންމެ ހެޔޮއަގުގައި ވެންޓިލޭޓަރު ގެނައުމަށް ހުށައެޅީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިންކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ މީޑިޔާ އޮފިޝަލް އަބްދުﷲ މުހައްމަދު، އަބޯ ވިދާޅުވީ އެކުންފުނިން ތިން ކުންފުންޏެއްގެ ވެންޓިލޭޓަރުތައް ގެނައުމަށް ހިނގާނެ ޚަަރަދާއި ވޭތުވާނެ މުއްދަތު ހެލްތު މިނިސްޓްރީއަށް އެންގިއެވެ. އޭގެ ތެރޭގައި ސްވިޑަން، ޖަރުމަނުވިލާތް އަދި އެމެރިކާގެ ކުންފުނިތަކުން އުފައްދާ ވެންޓިލޭޓަރުތައް ހިމެނެއެވެ.

އެސްޓީއޯގެ ފަރާތުން ވަނީ އެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކުރި ނާޑް އަދި މެޑްޓެކްއިން ދިން އަގުތަކާއި އަޅާބަލާއިރު، މާ ހެޔޮއަގެއްގައި ވެންޓިލޭޓަރުތައް މިދިޔަ މަހުގެ ފަހުކޮޅުގައި ގެންނާނެކަމަށް ބިޑްގައި އަންގާފައެވެ. ނަމަވެސް އެ ކުންފުންޏަށް ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުނުކުރަން ނިންމި ސަބަބެއް ހެލްތު މިނިސްޓްރީން އަދިވެސް އަންގާފައި ނުވާކަމަށް އަބޯ ފާހަގަ ކުރެއްވިއެވެ.

އެކުންފުނިން މައުލޫމާތުދޭ ގޮތުގައި އެފަރާތުންވަނީ ސްވިޑެންގެ ބްރޭންޑެއްގެ ވެންޓިލޭޓަރުތަކެއް 30 ދުވަހާއި 45 ދުވަހާ ދޭތެރޭގައި ގެނެސްދޭން ހުށައަޅާފައެވެ. އޭގެން ކޮންމެ އެއްޗެއްގެ އަގަކީ 206،000 ރުފިޔާއެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން މި އަދަދާއި ކިރިޔާވެސް ގާތްކުރާ އަދަދެއް ހުށައަޅާފައިވަނީ މެޑްޓެކް ކުންފުނީގެ ފަރާތުންނެވެ. މެޑްޓެކްއިން ހުށަހަޅާފައިވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288،914ރުފިޔާއަށް ގެނެސްދިނުމަށެވެ. މި ވެންޓިލޭޓަރުތައް ގެންނަން 7 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް އެކުންފުނިން ވަނީ ބިޑްގައި އޭރު ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނައަދަދެއްގެ ފަރާތްތަކުން ދަނީ ވެންޓިލޭޓަރުތައް ގެނައުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ބައެއް ފަރާތްތަކަކުން ހިންގި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
25 Oct 2026 ހަބަރު

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދުގެ ހާދިސާގައި ލިބުނު ގެއްލުންތައް އެ އޮތޯރިޓީން ދަނީ ވަޒަން ކުރަމުންނެވެ.

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު
25 Oct 2026 ހަބަރު

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު

މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
25 Oct 2026 ހަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެގޮތުން، މި ހާއްސަ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
25 Oct 2026 ހަބަރު

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.