12 May 2020 | 18:49
އިންްޑިއާގެ އެޗް.ސީކި.އު ބޭސް ކޮރޯނާއާއި ދެކޮޅަށް މަސައްކަތް ނުކުރޭ: ކޮލަމްބިއާ ޔުނިވާރސިޓީ

ކޮވިޑް ބަޔަށް ފަރުވާ ކުރަން އެންމެ ރަނގަޅުކަމަށް އިންޑިއާއިން ބުނާ އެ ގައުމުގެ އުފެއްދުމެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) އާއި ބޭހާއި ބެހޭގޮތުން މިހާތަނަށް ހެދުނު އެންމެ ބޮޑު ދިރާސާ އިން ދައްކާ ގޮތުން އެޗް.ސީ.ކިއު އިން ކޮރޯނާ ބަލިޖެހިފައިވާ މީހުންނަށް އެއްވެސް އަސަރެއް ނުކުރާކަމަށް އެމެރިކާގެ ކޮލަމްބިއާ ޔުނިވާރސިޓީ ގެ ސައިންސްވެރިން ގެ ޓީމަކުން ހާމަ ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝާއިޢު ކުރެވުނު މި ދިރާސާއަކީ ނޭވާލާ ނިޒާމާއި ބެހޭ ބަލިތަކާއި އޭގެ ފަރުވާ ދިރާސާ ކުރުމުގައި އެ ޔުނިވާރސިޓީ ގައި ހެދިފައިވާ ޑިވިޝަންގެ ގެ ޗީފް، ޑޮކްޓަރ ނެއިލް އާއި އޭނަގެ ދަށުން މަސައްކަތް ކުރި ޓީމުން ހެދި ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރި ކޮށްފައިވަނީ ކޮވިޑް ބަޔަށް ފައްސި ވެ ނިއުޔޯކު ގެ ކޮލަމްބިއާގެ ހޮސްޕިޓަލެއްގައި ކޮވިޑް ބައްޔަށް ފަރުވާ ދޭން އެޑްމިޓު ކުރެވިފައިވާ 1،300 ބަލި މީހުންނެވެ.

އެމީހުންގެ ތެރެއިން %60 މީހުން ނުަވަތަ 780 މީހުންނަށް ވަނީ 5 ދުވަސް ވަންދެން އެޗް.ސީ.ކިއު ބޭސް ގަވައިދުން ދީފައި އެވެ. އެޔަށްފަހު އެ މީހުންގެ ހާލަތަާއި އެ ބޭސް ނުދޭ މީހުންގެ ހާލަތު ވަނީ މޮނީޓާރ ކުރެވިފައިއެވެ. ބޭސް ދެވުނު މީހުން ބޭސް ނުދޭ މީހުންނާއި އަޅައިކިޔާއިރު އެއްވެސް މީހެއްގެ ހާލު އިތުރަށް ރަނގަޅުވެފައި ނުވަތަ ބަދަލު ވެފައި ނުވާ ކަމަށް ދިރާސާ އިން ދައްކަކައެވެ. އެޗް.ސީ.ކިއު ބޭސް ދެވުނު މީހުން ވެންޓިލޭޓަރު ބޭނުންވާވުމާއި، މަރުވުމުގެ ރިސްކު އެއްވެސް ވަރަކަށް ކުޑަ ނުވާ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

މިކަން ބަޔާންކޮށް އެ ޓީމުގެ ފަރާތުން ހެދި ދިރާސާ މިހާރުވަނީ "ދަ ނިއު އިންގްލެންޑް ޖާރނަލް އޮފް މެޑިސިން" ގައި ޝާއިޢު ކޮށްފައިއެވެ. އެދިރާސާގައި ވާ ގޮތުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެޗް.ސީ.ކިއު ބޭސް ދިން މީހުންނާއި ނުދޭ މީހުން ބަލިން ރަނގަޅުވާ ވުމުގައި އާއި އަވަސް މިނުގައި ތަފާތެއް ފާހަނގަ ނުކުރެވޭތީ އެބޭސް އެގޮތަށް ބޭނުން ކުރަން ނުޖެހޭ ކަމަށް ވެއެވެ. "މިހާތަނަށް ހޯދުނު ހޯދުން ތަކަށް ބަލައިލާއިރު، ކޮވިޑް ބައްޔަށް ފައްްސި މީހުންނަަށް އެޗް.ސީ.ކިއު ބޭސް ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ" ޑޮކްޓަރ ނެއިލް ވިދާޅުވިއެވެ. މިދިރާސާގެ ސަބަބުން އެޗް.ސީ.ކިއު ބޭސް ކޮވިޑް ޖެހިފައިވާ މީހުންނަށް މިހާރު ދޭ ހޮސްޕިޓަލްތަކުން އެކަން ކުރާ އުސޫލަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ.

މިދިޔަ މަހު ފަހުކޮޅު އިންޑިއާއިން ވަނީ ރާއްޖެއަށްވެސް އެޗް.ސީ.ކިއު ގެ 50،000 ގުޅަ ދީފައިއެވެ. މިހާތަނަށް ރާއްޖޭގައި މިބޭސް ކޮވިޑު ޖެހިފައިވާ އެއްވެސް ބަލި މީހަކަށް ދީފައިވާކަން އެނގޭކަށް ނެތެވެ. އެ ބޭހާއި ބެހޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާާބު ދެމުން ސަރުކާރުން ވިދާޅުވެފައި ވަނީ އެ ބޭސް ބޭނުންކުރާނީ ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.