18 May 2020 | 19:58
ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ 80 އަހަރުގެ އަންހެނަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ މީޑިޔާ ޕީއެސްެއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އައިޖީއެމްއެޗްގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ ފަރާތްތަކުގެ ތެެރެއިން މަނަދޫއަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ އަންހެންމީހާ މިހާރު އެބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. މިއީ މި މަސައްކަތުގައި އުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އަމީން ވިދާޅުވިއެވެ.

އެބޭފުޅާ ވަނީ ދިވެހިރާއްޖެއިން މިހާތަނަށް އެބަލި ޖެހިފައިވާ ގިނަ ފަރާތްތަކަކީ ޒުވާން އުމުރުގެ ފަރާތްތައްކަން ފާހަގަކުރައްވާ، އެފަރާތްތަކުގެ ހާލުވެސް ރަނގަޅުކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އުމުރުން 80 އަހަރުގެ އަންހެންމީހާ މަނަދޫއިން މާލެއަށް ފުރަތަމަ ގެނެވުނީ ސިއްހީ އެހެން މަައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އޮންނަ އުސޫލުގެ ދަށުން އެ އަންހެންމީހާގެ ސާމްޕަލް ނެގުމުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިކަން އެނގިފައިވަނީ އެ އަންހެންމީހާއަށް ސިއްހީ މައްސަލައަށް ފަރުވާދީ ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.