19 May 2020 | 14:41
ފްރަންޓްލައިން އެލަވަންސް ލިބޭ މުވައްޒަފުންގެ ލިސްޓް ކަނޑައަޅާނީ މުއައްސަސާތަކުން: މަބްރޫކް

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފްރަންޓްލައިން އެލަވަންސް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެފަރާތެއް މަސައްކަތްކުރާ މުއައްސަސާއެއްގެ ފަރާތުންކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތްކުރައްވާ މުވައްޒަފުން ހައި ރިސްކް، މީޑިއަމް ރިސްކް އަދި ލޯ ރިސްކް ގޮތަށް ބެހިފައިވާކަމަށެވެ. މިކަމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއް ނުވަތަ ކުންފުންޏެއްވެސް އިސްތިސްނާކޮށްފައި ނުވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ހުރިހާ ތަނެއްގައިވެސް ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވަންސަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މަތީގައިވާ ކެޓަގަރީތަކުގެ ތެރެއިން ކެޓަގަރީއެއްގައި ހިމެނޭ ފަރާތެއް ކަމުގައިވާނަމަ، މުއައްސަސާތަކުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ލިސްޓްގައި ހިމެނޭގޮތަށް ވިސްނާފައިވާކަމަށެވެ.

މަބްރޫކް ފާހަގަކުރެއްވި ގޮތުގައި މި އެލަވަންސް ދިނުމުގެ ބޭނުމަކީ ކޮވިޑް-19ގެ ނުރައްކަލަށް ސީދާ ހުށައެޅިގެން މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތެއް ދިނުމެވެ.

އެހެންކަމުން ކެޓަގަރީތައް ސާފުކުރުމަށްފަހު ހުރިހާ މުއައްސަސާއަކަށްވެސް އަންގާނެކަމަށާއި، އެ ލިސްޓް ހެދުމަށްފަހު ފިނޭންސް މިނިސްޓްރީން މުއައްސަސާތަކަށް ފޮނުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ
13 Jun 2026
މީކާއީލަށް މެޖޯރިޓީ ނެގުނީ ޅ އަތޮޅުން އެކަނި، ހުރިހާ ސިޓީތަކެއް ނަޝީދަށް ބޮޑު މޮޅެއް
މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.
13 Jun 2026
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި
މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.
12 Jun 2026
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.
12 Jun 2026
ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބު ވެއްޖެ
މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މީކާއީލް ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
12 Jun 2026
ބޮޑު ފުރޮޅުމެއް: ފައްޔަގެ އެހީގައި ނަޝީދު އަލުން އެމްޑީޕީގެ ތަޚުތަށް, ދެންވާނީ ކިހިނެތް
މިރޭގެ ތާރީހީ ކާމިޔާބީ އަކީ އެމްޑީޕީގައި ނަޝީދުގެ ބާރެއް ނެތި ތިން, ހަތަރު އަހަރެއް ފަހުން އަލުން ޕާޓީގެ ބާރުވެރިކަން އެމަނިކުފާނަށް ލިބުމެވެ.
12 Jun 2026
ނަޝީދު, ބޮޑުކޮށް ކުރީގައި; ފައްޔަ ކާމިޔާބު އިއުލާނު ކުރައްވައިފި
މިހާތަނަށް ނަތީޖާ ލިބުނު ގިނަ ފޮށިތަކުން ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެެވެ. މަދު ބައެއް ވޯޓްފޮށި ތަކުން މީކާއީލް ވެސް ކުރި ހޯއްދަވާފައިވެ އެވެ.