19 May 2020 | 19:34
ނިއު ނޯމަލްގައި ފަތުރުވެރިން ރާއްޖެއަަށް އަންނަންޖެހޭނީ ކޮވިޑް-19 ޓެސްޓް ހަދައިގެން، ވިސާ ފީއެއްގެ ގޮތަށް 100 ޑޮލަރު ނަގާނެ!

ކޮވިޑް-19ގެ ކަންތައްތައް ކޮންޓްރޯލްކުރުމަށްފަހު އަންނަ ނިއު ނޯމަލްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަންނަން ޖެހޭނީ އަންނަ ގައުމަކުން ކޮވިޑް-19 ޓެސްޓް ހަދަައިގެންކަމަށް ނިންމައިފިއެވެ.

ނިއު ނޯމަލްގައި ފަތުރުވެރިކަން އޮންނާނެ ގޮތާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ވަގުތީ ގައިޑްލައިނެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. މި ގައިޑްލައިންގެ ކޮޕީއެއް ވޮއިސްއަށްވެސް ވަނީ ލިބިފައެވެ.

މި ގައިޑްލައިންގައިވާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެނައުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ޖެޓް އަދި ސުޕަރ ޔޮޓްތަކުގައި ރިސޯޓް އަދި ޓޫރިސްޓް އުޅަނދުފަހަރަށް އަންނަ ފަރާތްތަކެވެ. އެފަރާތްތައް އައުން ފެށޭނެކަމަށް ބަލާފައިވާ ތާރީޚަކީ ޖޫންމަހުގެ އެއްވަނަ ދުވަހެވެ. އެއަށްފަހު އެތަންތަނަށް ޗާޓަރ އަދި ކޮމާޝަލް ފްލައިޓްތަކުގައި ފަތުރުވެރިން އައުން ފެށޭނެކަމަށް ބަލާފައިވާ ތާރީޚަކީ ޖުލައިމަހުގެ އެއްވަނަ ދުވަހުގައެވެ.

އަދި ގެސްޓްހައުސްތަކާއި ހޮޓާތަކަށް ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ ތާރީޚަކީ އޮގަސްޓްމަހުގެ އެއްވަނަ ދުވަހެވެ.

މި ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ޓޫރިސްޓުންނަށް ވިސާ ލިބޭނީ މިނިސްޓްރީން ހުއްދަ ދީފައިވާ ޓޫރިސްޓް ފެސިލިޓީއަކުން ބުކިންގއެއް އޮވެގެންކަމަށެވެ. އަދި ސިއްހީ ފަރުވާ ލިބޭފަދަ ޓްރެވަލް އިންޝުއަރެންސެއްވެސް ފަތުރުވެރިންގެ އަތުގައި އޮންނަންވާނެކަމަށް ވަނީ ބުނެފައެވެ. 

އަދި ފަތުރުވެރިން މަދުވެގެން 14 ދުވަސް އެއްތަނެއްގައި ހުރުމަށް ބުކިންގ ހައްދަން ޖެހޭނެކަމަށާއި، އެފަރާތްތަކުގެ އަތުން 100 ޑޮލަރުގެ ޓޫރިސްޓް ވިސާ ފީއެއް ނަގާނެކަމަށް އެ ޑްރާފްޓް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ނިއު ނޯމަލްގެ ހާލަތުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް އާދެވޭނީ ކޮވިޑް-19 ނެތްކަން ދައްކާ ޓެސްޓަކާއި އެކުގައެވެ. އެގޮތުން ކަނޑައެޅިފައިވާ އެއާޕޯޓެއްގައި ގިނަވެގެން ހަތްދުވަސް ކުރިން ހައްދާފައިވާ ޕީސީއާރް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ، ނުވަތަ ގިނަވެގެން ދެހަފްތާ ކުރިން ހައްދާފައިވާ އެންޓިބޮޑީ ޓެސްޓެއްގެ ޕޮޒިޓިވް ނަތީޖާ ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅަން ޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.