21 May 2020 | 13:29
ފާޑުކިޔުންތަކާއި އެކު އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުން ފަސްކޮށްފި

ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކުގެ ދަށުން އިތުރުގަޑީގެ ފައިސާ ދޭން އަމަލުކުރުމަށް ނިންމި އާ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ހިނގަމުން މިފާ ރަމަޟާންމަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށްވާތީ، ކުރިން އެމިނިސްޓްރީން ނެރެފައިވާ މުސާރައާއި އިނާޔަތްތަކާއި ގުޅޭ ސާކިއުލާގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި 8 ޝައްވާލުން ފެށިގެންކަމަށެވެ.

އެހެންކަމުން ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ދޭން ޖެހޭ އިތުރުގަޑީގައި ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލުކުރަމުންދާ އުސޫލަށްކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިތުރުގަޑީގެ ފައިސާދޭ ގޮތުގެ އާ އުސޫލަށް އަމަލުކުރުން ފަސްކޮށްފައިވަނީ އެ އުސޫލާއި ބެހޭގޮތުން ގިނަ ސިއްހީ މަސައްކަތްތެރިންނާއި އާންމު ފަރާތްތަކުން ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ބެހޭ ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޯވިޑް 19 ވައިރަސްގެ އަސަރުން އެ ޔޫނިއަންގެ މެންބަރުންނާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ ގޮންޖެހުން ތަކުން އެމީހުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެޔޫނިއަނުން ތަކުރާރުކޮށް ގޮވައިލަމުން އަންނަ ކަމަށެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ފާއިތުވި ދިގު މާޒީގައި މަސައްކަތް ކޮށްފައިވަނީ، އަދި ކުރަމުން ދަނީ ވެސް، އެމީހުންނަށް ދެވުނު އިނާޔަތް ނުވަތަ ހިމާޔަތަށްވުރެ ބޮޑަށް، ޤައުމަށާއި ބަލިމީހުންނަށް ޚިދުމަތްކޮށް ދިނުމުގެ ރޫހުގައިކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހިތާމަޔަކީ މިފަދަ ބަލިމަޑުކަމަކާއި ކުރިމަތިލާންޖެހުނު އިރު ޞިއްޙީ ދާއިރާގެ 19 ގިންތިއެންގެ މަސައްކަތްތެރިން ތިބީ ވަޒީފާގެ ރައްކާތެރިކަމާއި، ވަޒީފާގެ އޮނިގަނޑެއްނެތި، އަސާސީ މުސާރައަށް އެންމެ 5610 ރުފިޔާ ލިބޭ އުސޫލަކުންކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ވެއެވެ.

އެ ޔޫނިއަނުން ބުނެފައި ވަނީ މިހާލަތުގައިވެސް މަސައްކަތްތެރިންނާއި މަޝްވަރާނުކޮށް ކަނޑައަޅާ ސިޔާސަތުގެ ސަބަބުން ޞިއްޙީ މި އެމެޖެންސީގެ ހާލަތުގައި ވެސް، މަސައްކަތްތެރިންނަށް ލިބެންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށް ދިނުމާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށް، ސީދާ ގޮތުން އަދި ނުސީދާގޮތުން، ނޭދެވޭ އަސަރުތަށް ކުރަމުން ދާކަމަށެވެ.

” ފާއިތުވި އަހަރުތަގުއި އަދި އާންމު ޙާލަތުގައިވެސް ސިވިލްސާވިސްގެ ސިއްޙީމަސައްކަތްތެރިންނަށް ކަނޑައެޅޭ މަސައްކަތު ގަޑީގެ އިތުރަށް ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ދެވެމުންއައި ކަމާއި، ސިއްޙީ މަސައްކަތް ތެރިންގެ އާމްދަނީ ބިނާވަނީ އިތުރުގަޑީގެ ފައިސާއި އެހެނިހެން އެލަވަންސްތަކުގެ މައްޗަށް ކަމަށް ވީހިދު، މިފަދަ ސިއްޙީ ކާރިސާއެއްގައި، ފުރާނަ އަތްމައްޗަށް ލައިގެން، ޢާއިލާއާއި ދުރުގައި ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ޞިއްޙީ ޚިދުމަތްތެރިންނަށް ލިބޭ ޖުމުލަ އާމްދަނީން ބައެއް އުނިވެގެން ދާގޮތަށް ސަރުކާރުގެ ފަރާތުން އެކުލަވާލެވުނު އުސޫލު، މި ޔޫނިޔަން އިން ބަލައިނުގަންނަ ވާހަކަ ދަންވަމެވެ. ” އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ