ލޮކްޑައުން ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލަން ނިންމައިފި

21 May 2020 | 23:00

މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު، މިސްކިތުގައި ޖަމާޢަތް ހަދައިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުކަމަށް ގެންނަން ނިންމާފައިވާ ކަމަށެވެ.

"ޑޮކްޓަރުންނާ ވާހަކަ ދެއްކިން މިސްކިތުގެ ޖަމާއަތް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތަކާ މެދުގައި. އެކަމަކު ޑޮކްޓަރުން އަންގަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެކަން ކުރަން. އެހެންވެ، އަޅުގަނޑުމެން ގަސްދު ކުރަނީ ވަކި ރަށްރަށެއްގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން." މިނިސްޓަރ ވިދާޅުވިއެވެ.

ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިއަ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސުރުން ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފަ އެވެ. އެ މުއްދަތު އިތުރު ކުރަމުން ގޮސް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތުގައި ޖަމާއަތް ހެދުން ވަނީ މަނާކޮށްފަ އެވެ.

"ޑޮކްޓަރުން އިރުޝާދު ދެއްވަނީ ގެއިން ވުޟޫ ކުރުމާއި ރޯގާ ޖެހި ކިނބިހި އަޅާ ނަމަ، މިސްކިތަށް ނުދިއުމާއި މުސައްލަ ހިފައިގެން މިސްކިތަށް ދިއުމާއި މާ ގިނަ އިން މިސްކިތުގައި މަޑު ނުކުރުމާއި ކާޕެޓް އަޅާފައި ނުބެހެއްޓުމަށް."

މާލޭގެ އިތުުރުން ކޮވިޑް ފެނި ފައިވަނީ އަދި ހަ ރަށުންނެވެ. އެއީ ހއ. އުލިގަމާއި އެއަތޮޅު ތަަކަންދޫ އާއި ށ. ނަރުދުއާއި އެ އަތޮޅު މިލަންދު އާއި ނ. މަނަދޫގެ އިތުރުން މާލެ އަތޮޅު ތުލުސްދޫންނެވެ. ފަހުން ސ. އަތޮޅުން ވެސް ކޮވިޑްގެ ކޭހެއް ފެނުނެވެ. އެކަމަކު އައްޑޫގެ އެ މީހާގެ ނަތީޖާ ފަހުން ވަނީ ނެގެޓިވްވެފައެވެ. މި ރަށްތަކުގެ ތެރެއިން އުލިގަމާއި، ތަކަންދޫ ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

Advertisement

ކޮމެންޓް